2009-06-17

އޭއާރުޑީ ޓީވީ ކްރޫއާއެކު އަޅުގަނޑު



ޖަރުމަން އޭއާރުޑީ ޓީވީ ޗެނަލްގެ ވާހަކަ އަޑުއެހީވެސް، އެމީހުން ރާއްޖެ އަންނަންވެގެން އަޅުގަނޑަށް މެއިލް ކުރީމައެވެ. އެމީހުންނަށް އަޅުގަނޑުގެ މެއިލް އެޑްރެސް ދިނީ އެ ކްރޫގައި ހިމެނުނު މީހަކާ ދިމާވެފައިވާ އަޅުގަނޑުގެ ރަހުމަތްތެރިއެކެވެ. އެމީހުންގެ މެއިލް ލިބުމާއެކު ފުރަތަމަވެސް ބެލީ އެއީ ކިހާވަރެއްގެ ބައެއް ތޯއެވެ. މިހާރުގެ އާންމު އުސޫލުން ގޫގުލް ކޮށްލީއެވެ. ވިކިޕީޑިއާ އަންގައިދިން ގޮތުގައި އެއީ ޖަރުމަނުގައި އެންމެ ދުވަސްވީ މީޑިއާ އޯގަނައިޒޭޝަނެވެ. އެންމެ މަޝްހޫރު ޓީވީ ޗެނަލެވެ. 

2009-05-15

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2009



2008 އޯގަސްޓް 7 ވަނަ ދުވަހު ތަސްދީޤްކުރި، ޤާނޫނު އަސާސީގައިވާ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބްކޮށްފިއެވެ. ރައްޔިތުންގެ މަޖިލިސް އެކުލަވާލުމަށްޓަކައި 2009 މެއި 9 ވަނަ ދުވަހު ބޭއްވި ޢާންމު އިންތިޚާބުގެ ވަގުތީ ނަތީޖާ، އިލެކްޝަންސް ކޮމިޝަނުން އިޢުލާންކުރީ 2009 މެއި 12 ވީ އަންގާރަ ދުވަހުގެ ރެއެވެ.

މި އިންތިޚާބުގައި 77 ދާއިރާއަށް ޖުމްލަ 455 ކެންޑިޑޭޓަކު ވާދަކުރިއެވެ. އެއީ 11 ސިޔާސީ ޕާޓީއަކުން ވާދަކުރި 209 ކެނޑިޑޭޓުންނާއި، އަމިއްލަގޮތުން ވާދަކުރި 246 ކެނޑިޑޭޓުންނެވެ. އިންތިޚާބްގެ ނަތީޖާ ދައްކާގޮތުން، މަޖިލީހުގެ މެންބަރުކަން ކަށަވަރުކުރި ކެންޑިޑޭޓުންގެ ތެރެއިން 64 ކެންޑިޑޭޓުންނަކީ 5 ސިޔާސީޕާޓީއަކަށް ނިސްބަތްވާ ކެންޑިޑޭޓުންނެވެ. އަނެއް 13 ކެންޑިޑޭޓުންނަކީ އަމިއްލަގޮތުން ވާދަކުރެއްވި ބޭފުޅުންނެވެ. ސިޔާސީ ޕާޓީތަކަށް ބަލާއިރު، އެންމެ ގިނަ ގޮނޑި ކާމިޔާބްކުރީ އެންމެބޮޑު އިދިކޮޅު ޕާޓީ ދިވެހިރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ންނެވެ. އެޕާޓީއަށް ނިސްބަތްވި 28 ކެންޑިޑޭޓަކު އިންތިޚާބް ކާމިޔާބް ކުރިއެވެ. ސަރުކާރު ހިންގާ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކެންޑިޑޭޓުން ތެރެއިން 26 ކެންޑިޑޭޓަކު އިންތިޚާބް ކާމިޔާބްކުރިއެވެ. މައި ދެޕާޓީގެ އިތުރުން ދެން އެންމެ ގިނަ ގޮނޑި ކާމިޔާބްކުރީ 7 ގޮނޑި ކާމިޔާބްކުރި ޕީޕަލްސް އެލަޔަންސް (ޕީއޭ)ގެ ކެންޑިޑޭޓުންނެވެ. ޕީޕަލްސް އެލައެންސްވަނީ ޑީއާރްޕީއާ ކޯލިޝަން ހަދާފައިކަމުން އެކޯލިޝަނަށް ނިސްބަތްވާ ޖުމްލަ ގޮނޑީގެ އަދަދަކީ 35 ކެވެ. އިންތިޚާބް ކާމިޔާބު ކުރި ޕާޓީތަކުގެ ތެރެއިން ދިވެހި ގައުމީ ޕާޓީ އަށް ލިބުނީ 2 ގޮނޑިއެވެ. އަދި ޖުމްހޫރީ ޕާޓީއަށް 1 ގޮނޑިއެވެ.

2009-02-06

ވެލިދޫއަށް ސްލިޕްވޭއެއް މުހިންމުތަ؟


މި މަހުގެ 2 ވަނަ ދުވަހު ރައީސް ނަޝީދު ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ވެލިދޫގެ ރައްޔިތުންނަށް މިހާރު އެންމެ މުހިންމު ވެފައިވަނީ ސްލިޕްވޭއެއް ކަމަށް ވިދާޅުވިއެވެ. މިވާހަކަފުޅު މިމޭރުމުން ރައީސް ވިދާޅުވީ މިސާލެއްގެ ގޮތުންނެވެ. ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންގެ ޝަކުވާތަކާއި އުންމީދުތައް އެމަނިކުފާނަށް އެނގިވަޑައިގަންނަވާކަން ހާމަކޮށްދެއްވުމުގެ ގޮތުންނެވެ. 
މިފަދަ ނިޔަތެއްގައި ރައީސް ކުރެއްވިކަމެއްގައި ވެލިދޫ އަށް ސްލިޕްވޭ އެއް މުހިންމު ވާހަކައަކީ ބޭކާރު ވާހަކައެއް ކަމަށް ވެލިދޫގެ ބައެއް ރައްޔިތުން ބުނެއެވެ. އެފަދަ ފަރާތްތަކުން މިހެންބުނާ އެންމެބޮޑު ސަބަބަކީ މިހާރުވެސް ވެލިދޫގައި ސްލިޕްވޭ އެއް އޮތުމެވެ. ސްލިޕްވޭގެ ޚިދުމަތް އޮޑިވެރިންނަށް ލިބެމުން ދިޔުމެވެ. 

2009-01-23

ނ.އަތޮޅަކީ ހުސްނޫނެއް ނޫން...


ދިވެހި ބަހުގައި "ހުސްނޫނު" ބޭނުންކުރެވެނީ ބައެއް ބަސްތައް ކިޔުމުގައި އަޑަށް ގެންނަންޖެހޭ ބަދަލެއްގެ ގޮތުންނެވެ. އެބަދަލު އެގޮތަށް ނުގެނެސްފިނަމަ ބައެއް ބަސްތަކުން ދޭހަކުރަން ބޭނުންވާ މާނައާމެދު އޮޅުން އުފެދި ދާނެއެވެ. މިސާލަކަށް ދަންނަވާނަމަ، ބަނޑު، ކަނޑު، ގޮނޑި، ބޮނޑި ފަދަ ބަސްބަހެވެ. މިބަސްތަކުގައި ހިމެނޭ ހުސްނޫނު ބޭނުން ނުކުރިނަމަވެސް ބަހުގެ އަޑަށް އަންނަ ބަދަލު ފިޔަވާ އިތުރު ތަފާތެއް ނެތެވެ. އެފަދަ ބަހަކުން އިތުރު މާނައެއް ދޭހައެއް ނުވެއެވެ. މިފަދަ ޙާލަތެއްގައި ހުސްނޫނަކީ މާބޮޑު ބޭނުމެއް ނެތް އެއްޗެކޭ ބުނެވިދާނެއެވެ. 

2009-01-16

ނ.އަތޮޅު ދެމެންބަރުންގެ ހާޒިރީ ރިޕޯޓް


ރައްޔިތުންގެ މަޖިލީހުގެ 2008 ވަނަ އަހަރުގެ ޖަލްސާތަކަށް ނ.އަތޮޅުގެ ދެމެންބަރުން، އަބްދުﷲ ޔާމީނާއި ޢަލީ މުޙައްމަދު ވަޑައިގަންނަވާފައިވާގޮތުގެ ހާޒިރީ ތަފްސީލަށް ބަލައިލާއިރު އެންމެ ގިނަ ޖަލްސާތަކަށް ވަޑައިގަންނަވާފައިވަނީ އަލީ މުޙައްމަދެވެ. 2008 ވަނަ އަހަރު ބޭއްވި ޖުމްލަ 108 ޖަލްސާ ގެތެރެއިން 104 ޖަލްސާގައި އަލީ މުޙައްމަދު ބައިވެރިވެޑައިގަންނަވާފައިވާއިރު، އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެންފައިވަނީ 83 ޖަލްސާގައެވެ. 

2009-01-02

ނ.ވެލިދޫ 2008


ފާއިތުވި 2008 ވަނަ އަހަރަކީވެސް ފާހަގަކުރެވޭފަދަ ގިނަ ހާދިސާތަކެއް ވެލިދޫގައި ހިނގާފައިވާ އަހަރެކެވެ. ތިރީގައި މިފާހަގަކޮށްލަނީ އޭގެތެރެއިން ބައެއް ކަންތަކެވެ.