2009-01-16

ނ.އަތޮޅު ދެމެންބަރުންގެ ހާޒިރީ ރިޕޯޓް


ރައްޔިތުންގެ މަޖިލީހުގެ 2008 ވަނަ އަހަރުގެ ޖަލްސާތަކަށް ނ.އަތޮޅުގެ ދެމެންބަރުން، އަބްދުﷲ ޔާމީނާއި ޢަލީ މުޙައްމަދު ވަޑައިގަންނަވާފައިވާގޮތުގެ ހާޒިރީ ތަފްސީލަށް ބަލައިލާއިރު އެންމެ ގިނަ ޖަލްސާތަކަށް ވަޑައިގަންނަވާފައިވަނީ އަލީ މުޙައްމަދެވެ. 2008 ވަނަ އަހަރު ބޭއްވި ޖުމްލަ 108 ޖަލްސާ ގެތެރެއިން 104 ޖަލްސާގައި އަލީ މުޙައްމަދު ބައިވެރިވެޑައިގަންނަވާފައިވާއިރު، އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެންފައިވަނީ 83 ޖަލްސާގައެވެ. 


ރައްޔިތުންގެ މަޖިލީހުގެ 2008 ވަނަ އަހަރުގެ ފުރަތަމަ ދައުރުގައި މެންބަރުން ޖަލްސާތަކަށް ވަޑައިގެންނެވި ނިސްބަތަށް ބަލާއިރު 28 އެޕްރީލުން ފެށިގެން 3 މާޗްގެ ނިޔަލަށް 18 ޖަލްސާއެއް ބާއްވާފައި ވެއެވެ. އެ ހުރިހާ ޖަލްސާއަކަށްވެސް އަލީ މުޙައްމަދު ވަޑައިގަންނަވާފައިވާއިރު، އަބްދުﷲ ޔާމީން ވަޑައިގަންނަވާފައިވަނީ އޭގެ ތެރެއިން 11 ޖަލްސާއަކަށެވެ. 

ދެވަނަ ދައުރުގެ ޖަލްސާތައް 30 ޖުލައި އިން ފެށިގެން 2 ސެޕްޓެމްބަރުގެ ނިޔަލަށް ކުރިއަށްދިޔައިރު ޖުމްލަ 57 ޖަލްސާ ބާއްވާފައި ވެއެވެ. އޭގެތެރެއިން 56 ޖަލްސާއަކަށް އަލީ މުޙައްމަދު ވަޑައިގަންނަވާފައިވާއިރު، އަބްދުﷲ ޔާމީން ވަޑައިގަންނަވާފައިވަނީ 50 ޖަލްސާއަކަށެވެ. 

ތިންވަނަ ދައުރުގެ ޖަލްސާތައް 6 އޮކްޓޯބަރުން 25 ޑިސެމްބަރުގެ ނިޔަލަށް ކުރިއަށް ގެންދިޔައިރު ބާއްވާފައިވާ ޖަލްސާތަކުގެ ޖުމްލަ އަދަދަކީ 33 އެވެ. އޭގެތެރެއިން 30 ޖަލްސާއަކަށް އަލީ މުޙައްމަދު ވަޑައިގެންނެވިއިރު، އަބްދުﷲ ޔާމީން ވަޑައިގެންނެވީ 22 ޖަލްސާއަކަށެވެ. 

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ތިން ދައުރަކަށް ބަހައިލައިގެން ކުރިއަށް ގެންދާއިރު، ދައުރެއްގެ ދިގުމިނަކީ 3 މަސްދުވަހެވެ.

No comments:

Post a Comment

Your comment is awaiting moderation!