ޖަރުމަން އޭއާރުޑީ ޓީވީ ޗެނަލްގެ ވާހަކަ
އަޑުއެހީވެސް، އެމީހުން ރާއްޖެ އަންނަންވެގެން އަޅުގަނޑަށް މެއިލް ކުރީމައެވެ.
އެމީހުންނަށް އަޅުގަނޑުގެ މެއިލް އެޑްރެސް ދިނީ އެ ކްރޫގައި ހިމެނުނު މީހަކާ
ދިމާވެފައިވާ އަޅުގަނޑުގެ ރަހުމަތްތެރިއެކެވެ. އެމީހުންގެ މެއިލް ލިބުމާއެކު
ފުރަތަމަވެސް ބެލީ އެއީ ކިހާވަރެއްގެ ބައެއް ތޯއެވެ. މިހާރުގެ އާންމު އުސޫލުން
ގޫގުލް ކޮށްލީއެވެ. ވިކިޕީޑިއާ އަންގައިދިން ގޮތުގައި އެއީ ޖަރުމަނުގައި އެންމެ ދުވަސްވީ
މީޑިއާ އޯގަނައިޒޭޝަނެވެ. އެންމެ މަޝްހޫރު ޓީވީ ޗެނަލެވެ.
އަޅުގަނޑު މެދުވެރިވެގެން ނެގި ހުއްދައިގެ ދަށުން
އޭއާރުޑީ ޓީވީގެ ކްރޫ ރާއްޖެ އައީ 19 އެޕްރީލް 2009 ދުވަހުގެ ރެއެވެ. އެކްރޫއަކީ
އޭއާރުޑީން އޭޝިޔާއަށް ޚާއްސަކޮށް އިންޑިއާގައި ހިންގާ އޮފީހުގެ ކްރޫއެކެވެ.
އެމީހުންގެ ތެރޭގައި ހިމެނުނީ އިންޑިއާ ދެމީހުންނާއި ޖަރުމަނު މީހެކެވެ. ޖަރުމަނު
މީހާއަކީ ކެމެރާ މަނެވެ. އިންޑިއާ ދެމީހުންގެ ތެރެއިން އެކަކީ ޕްރޮޑިއުސަރެވެ.
އަނެކަކަކީ ޓެކްނީޝަނެކެވެ.
މި ކްރޫ އެންމެ ބޮޑަށް ބޭނުންވީ ރާއްޖޭގެ
ތިމާވެށީގެ ނާޒުކު ކަމާ ގުޅޭގޮތުން ރިޕޯޓެއް ތައްޔާރު ކުރާށެވެ. އެރިޕޯޓްގައި
ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ އިންޓަވިޔުއެއް ހިމަނާށެވެ. ރައީސް
ނަޝީދުގެ އިންޓަވިޔު ފުރަތަމަ ނަގަން އުޅުނީ ރައީސް އޮފީހުގައެވެ. އެހެންނަމަވެސް
ރައީސްގެ ވަގުތު ހުރިގޮތުން ނުރަސްމީ ގަޑިއަށް އިންޓަވިއު ސެޓްކޮށް އެ އިންޓަވިޔު
ނެގީ މުލީއާގޭގައެވެ. ރަށްގިރުމުގެ މައްސަލަ ދިމާވެފައިވާ ރަށެއްގެ މަންޒަރުތައް
ނަގަން ދިޔައީ ބ.ތުޅާދޫ އަށެވެ. އެރަށުގައި ތިބި ހަތަރު ދުވަހުގެ ތެރޭގައި
ތިމާވެށީގެ ރިޕޯޓްގެ އިތުރުން، ރާއްޖޭގައި
އޮޑިދޯނިފަހަރު ބަންނަ ގޮތާ ގުޅޭގޮތުންވެސް ރިޕޯޓެއް ތައްޔާރުކުރިއެވެ.
- މިފަހަރު ވީޑިއޯކުރި ބައެއް ވީޑިއޯ ބޭނުންކޮށްގެން
އުފައްދައި ޓެލެކާސްޓްކުރި ޕްރޮގްރާމެއް
- ޕްރޮގްރާމް ރެކޯޑްކުރުމުގެ ތެރޭގައި ނަގާފައިވާ
ބައެއް ފޮޓޯ
No comments:
Post a Comment
Your comment is awaiting moderation!