2007-04-02

ކިނބިދޫ ރައްޔިތުންނާދޭތެރޭ ފުލުހުން އަމަލުކޮށްފައިވަނީ ވަރަށް އިހާނެތިގޮތަކަށް


އާދަމް ޒާހިރުގެ މައްޗަށާއި އަހުމަދު ތަސްމީން އަލީގެ މައްޗަށް މައްސަލަ ހުށަނާޅާނެ ގޮތެއް އެއީ ނެތްގޮތެއް: ހުސްނުއްސުއޫދު

ތ.ކިނބިދޫ އަށް ފުލުހުން އަރައި ހިންގި ލާއިންސާނީ އަދި އިންސާނިއްޔަތާ ޚިލާފް އަމަލުތައް ހިނގާދިޔަގޮތް ބެލުމަށްޓަކައި އެމްޑީޕީން ފެކްޓް ފައިންޑިންގ މިޝަނެއް އެރަށަށް ފޮނުވިއެވެ. އެމްޑީޕީގެ ފަރާތުން މި މިޝަންގައި ބައިވެރިވެ ވަޑައިގަތީ ހިޔަނި ކެބިނެޓްގެ ވަޒީރު ޑރ.އިބްރާހިމްދީދީ އާއި ޚާއްސަ މަޖިލީހުގެ މެންބަރު ހުސްނުއްސުއޫދު އެވެ. މިދެބޭފުޅުން މިހާދިސާ ހިނގާދިޔަގޮތް ބެއްލެވުމުގެ ގޮތުން ރައްޔިތުންނާ ބައްދަލުކުރައްވައި އިންޓަވިއު ކުރައްވައި ބައެއް ފަރާތްތަކުން ބަޔާންވެސް ނެންގެވިއެވެ.

މިކަންކަމާބެހޭ މައުލޫމާތު ނޫސްވެރިންނަށް ދެއްވުމަށް ބޭއްވި ނޫސްކޮންފަރެންސް 1 އެޕްރީލް 2007 ވީދުވަހު އެމްޑީޕީގެ އޮފީހުގައި ބޭއްވިއެވެ. މި ނޫސް ކޮންފަރެންސްގައި ޕާޓީގެ ފަރާތުން ނައިބްރައީސް އިބްރާހިމް ހުސައިން ޒަކީ އާއި ތ.އަތޮޅުގެ ދެމެންބަރުން ކަމަށްވާ ހަސަން އަފީފާއި ޑރ.ހުސައިން ރަޝީދު ހަސަން އަދި ފެކްޓް ފައިންޑިން މިޝަންގައި ހިމެނިވަޑައިގެންނެވި ޑރ.އިބްރާހިމް ދީދީ އާއި ހުސްނުއްސުއޫދު ބައިވެރިވެ ވަޑައިގަތެވެ.