2012-05-03

ނޭޝަނަލް އިންކުއަރީ ކޮމިޝަން ކަމުނުދަނީ ކީއްވެ؟


- އިސްމާޢީލް ޝަފީޢުއަކީ، ރައީސް މައުމޫންގެ ޕަޕެޓެއް: އިލްޔާސް ހުސައިން އިބްރާހީމް


2012 ފެބްރުއަރީ 7 ވަނަ ދުވަހު، ހިންގި ބަޣާވާތަށްފަހު، ބަޣާވާތުގެ ބައިވެރިން އެކުލަވައިލި ނެޝަނަލް އިންކުއަރީ ކޮމިޝަނަކީ އެއްވެސް އިތުބާރެއް ނެތް ކޮމިޝަނަކަށް މިއަދު މިވަނީ ވެފައެވެ. އެ ކޮމިޝަނަށް އިތުބާރު ނުކުރަނީ ހަމައެކަނި ދިވެހި ރައްޔިތުންނެއް ނޫނެވެ. ކޮމިޝަން ބަދަލުކުރުމަށް، ކޮމަންވެލްތް މިނިސްޓީރިއަލް އެކްޝަން ގްރޫޕުން (ސީމެގް) ވެސް، ވަނީ ގޮވައިލާފައެވެ. ސީމެގްގެ ރިޕޯޓްގައި ގޮވައިލާފައިވަނީ ރައްޔިތުންގެ އިތުބާރު ލިބޭ ފަދަ ކޮމިޝަނެއް ގާއިމް ކުރުމަށެވެ.

2012 ޖެނުއަރީ 14 އިން 8 ފެބްރުއަރީއާ ހަމައަށް ރާއްޖޭގައި ހިނގައިދިޔަ ކަންތައްތައް "މިނިވަންކަމާއެކު" ތަހުޤީގުކުރުމަށް އުފެއްދި ކޮމިޝަންގައި ހިމެނެނީ 3 މެންބަރުންނެވެ. އެ މެންބަރުންނަކީ އިސްމާޢީލް ޝަފީޢު އާއި ޑރ.އިބްރާހީމް ޔާސިރު އާއި ޑރ.އަލީ ފަވާޒެވެ. މި 3 މެންބަރުންނާމެދު ރައްޔިތުން އިތުބާރު ނުކުރުމުގެ ސަބަބުތަކެއް އެބަހުއްޓެވެ. ޚާއްސަގޮތެއްގައި ކޮމިޝަންގެ ރައީސް އިސްމާޢީލް ޝަފީޢުއާ ގުޅޭގޮތުންނެވެ.

2012-02-09

ފެބްރުއަރީ އަށެއް – އެންމެ އަނިޔާވެރި ދުވަސް



ނައިބްރައީސް ޑރ.މުޙައްމަދު ވަހީދު ޙަސަންމަނިކުއާ އިދިކޮޅު ފަރާތްތައް ގުޅިގެން، ބަގާވާތް ކޮށް ވެރިކަން ބަދަލުކުރުމަށްފަހު ޖެހިގެން މި އައި ފެބްރުއަރީ 8 ވަނަ ދުވަސް ވެގެން މިދިޔައީ ލޭއޮހޮރުވުމުގެ ދުވަހަކަށެވެ. ސިޔާސީ އެއްވުންތައް ރޫޅައިލުމުގައި ފުލުހުން ބާރުގެ ބޭނުން ކުރުމަކީ އާންމު ކަމެކެވެ. ޕެޕަސްޕްރޭ ޖެހުންވެސް މެއެވެ. އެހެންނަމަވެސް އެއްވެސް ހަމައެއް ލަމައެއްނެތި، މުޒާހަރާގައި ބައިވެރިވި މީހުންނަށް ގަސްތުގައި އަނިޔާ ދިނުމަށް ފުލުހުން ވަނީ ލާއިންސާނީ އަމަލުތަކެއް ހިންގާފައެވެ. 

2012-02-07

ފުލުހުންނާއި ސިފައިން ގުޅިގެން ސަރުކާރު ވައްޓާލުން



މިއަދު (7 ފެބްރުއަރީ 2012) ހެނދުނު ހޭލެވުނީ އަންހެނުން ގޮވާތީއެވެ. ހޭލެވިފައިވެސް އޮވެވުނީ ވިސްނާށެވެ. އޭރު ފެންނަމުންދިޔަ ހުވަފެނާ ދޭތެރޭގައެވެ. އަންހެނުން ބުންޏެވެ. "ވަރަށްގިނަ ފުލުހުން އެބައުޅޭ ޖުމްހޫރީ މައިދާނަށް ޖަމާވެގެން، ރައީސްވެސް އެމީހުންނާ އެބަ ބައްދަލުކުރައްވާ." އަންހެނުންގެ ވާހަކައިން އަހަންނަށް ލިބުނީ ސިހުމެކެވެ. ހަމައެކަނި އެ ޚަބަރުގެ ސަބަބުންނެއް ނޫނެވެ. ކުޑައިރުކޮޅެއް ކުރިން ފެނުނު ހުވަފެނާއި ގައުމަށް މެދުވެރިވެފައިއޮތް ހާލަތާ ގުޅުން ބޮޑުވީމައެވެ. ހުވަފެނުގައި ފެނުނީ ރައީސް ނަޝީދު، ކުއްލި ނޫސްކޮންފަރެންސެއް ދެއްވާތަނެވެ. އެމަންޒަރު އަޅުގަނޑަށް ފެންނަނީ ޓީވީންނެވެ. ގިނަ އަދަދެއްގެ ނޫސްވެރިން އެތަނަށް އެއްވެފައިއޮތެވެ. ލައިވްކުރާ ޗެނަލުގެ ކެމެރާ ތެޅޭކަންވެސް މަންޒަރުތަކުން އެނގެއެވެ. އަޑުވެސް އަންނަނީ ކެނޑިކެނޑިގެންނެވެ. ކޮންމެއަކަސް އެ ހުވަފެނުގެ ޚުލާޞާއަކީ ކުއްލިއަކަށް ދިމާވެގެންއުޅޭ ބޮޑު ކަމަކާ ގުޅޭގޮތުން ރައީސް ނަޝީދު މީޑިއާއަށް މައުލޫމާތު ދެއްވުމެވެ.