މިއަދަކީ ދިވެހީންގެ 49 ވަނަ
މިނިވަން ދުވަހެވެ. މިނިވަންކަމުގެ ރަންޔޫބީލަށް ގުނަން ފެށުނީއެވެ. މިފަދަ
އުފާވެރި ވަގުތެއްގައިވެސް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން
އަބްދުލްޤައްޔޫމް ދެއްވި ތަގްރީރުގެ ޚަބަރުން އަޅުގަނޑަށް ލިބުނީ އިންޒާރެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި
ސިޔާސީ ހަލަބޮލިކަން އުފެއްދުމުގައި މިހާރުގެ ރައީސް ޔާމީނުގެ ދައުރު ބޮޑެވެ.
އެހެންނަމަވެސް މިނިވަންދުވަހުގެ ފުރަތަމަ ތަގުރީގުގައި ރައީސް ޔާމީން ވިދާޅުވަނީ،
"ގައުމު ހަމަޖެހުމުގެ ނޭވާއެއްލަމުންދާ މި ދަނޑިވަޅުގައި، ގައުމު ހަލަބޮލި
ކަމުގެ ތެރެއަށް ސޮއްސާލާކަށް ސަރުކާރުން
ފުރުސަތެއް ނުދޭނެ. ސިޔާސީ އިދިކޮޅު ފަރާތްތަކުން ގަސްދުގައި ހަމަޖެހުން ނަގާލުމަށް މަސައްކަތް ކުރަނީ،
މުޖުތަމައުގައި ނުތަނަވަސްކަމުގެ އުދާސް
އުފައްދައިގެން. ސިޔާސީ ބޭނުމުގައި އުފަން ކުރުވާ އުދާސްކަން މިނިވަންކަމަށް އަސަރު ފޯރާ ހިސާބަށް
ގެންގޮސްފައި އެބަހުރި،"
ކަމަށެވެ.
ކޮންމެ ވެރިޔަކު ރާއްޖޭގެ
ވެރިކަން ކުރެއްވި ނަމަވެސް، މިއަދު ގަބޫލުކުރަންޖެހޭ ހަގީގަތަކީ ރައްޔިތުންނަށް
ވަނީ ސިޔާސީ ގޮތުން ހޭލުންތެރިކަން ލިބިފައި ކަމެވެ. ރައްޔިތުންގެ ހައްގުތައް
ހާސިލްކުރަން އެއްގޮތުން ނުވެއްޖިއްޔާ އަނެއް ގޮތުންވެސް މަސައްކަތް ކުރާނެކަމެވެ.
އިންޒާރުދީ ބިރުދައްކައި ރައްޔިތުންގެ މައްޗަށް ވެރިކަމެއް ނުހިންގޭނެ ކަމާއި
އާޚިރުގައި އެފަދަ ވެރީންނަށް ކުރިމަތިލާންޖެހޭނީ ނާކާމިޔާބާ ކަމެވެ.
No comments:
Post a Comment
Your comment is awaiting moderation!