އިއްޔެ (13 އޮގަސްޓް 2013) ޕީޕީއެމުން ބޭއްވި ނޫސް ކޮންފަރެންސްގައި ވާހަކަ
ދައްކަވަމުން އެޕާޓީގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު
ދާއިރާގެ މެންބަރު އަޙްމަދު މަހްލޫފް ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ
މެންބަރުންގެ ތެރޭގައި ތިއްބެވި ބައެއް ބޭފުޅުންނަށް އިތުބާރު ނުކުރެއްވޭ
ކަމަށެވެ. ޚާއްސަގޮތެއްގައި ފާހަގަކުރެއްވީ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި
ނައިބްރައީސް އަޙްމަދު ފަޔާޒް ޙަސަން އާއި މެންބަރު އަލީ މުޙައްމަދު މަނިކު އެވެ.
އެބޭފުޅުން އަމަލުކުރައްވާގޮތުން އެއީ މިހާރު ކޮމިޝަންގައި ތިއްބަވަން
އެކަށީގެންނުވާ ބޭފުޅުން ކަމަށް މަހްލޫފް ވިދާޅުވިއެވެ. ސަބަބެއްގެ ގޮތުގައި
ވިދާޅުވީ "ފުއާދު ތައުފީގުގެ އަނބިކަނބަލުންނަކީ ސީދާ އެމްޑީޕީގެ މުޒާހަރާތަކުގައި ކުރީ ސަފުގައި ދިދަ ހިފައިގެން މުޒާހަރާކުރަން ހުންނަ
މީހެއް. ދެން ހުންނެވީ ފަޔާޒު. ފަޔާޒަކީ
އެމްޑީޕީ ސަރުކާރުގައި ރައީސް ނަޝީދު އައްޔަންކުރެއްވި
ސްޓޭޓް މިނިސްޓަރެއް. ދެން ހުންނެވި މަނިކަކީ 2008 ވަނަ އަހަރު މެލޭޝިޔާގައި ބެހެއްޓި ފޮށީގައި އެމްޑީޕީގެ
ފަރާތުން ހުރި އޮބްޒާވަރު" ކަމަށެވެ.
ޕީޕީއެމްގެ މި ތުހުމަތަށް ބަލާއިރު މިއީ ވަރަށް ތާކުންތާކު ނުޖެހޭ ތުހުމަތެއް
ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެއެވެ.
ޒަމާނުއްސުރެ ރާއްޖޭގައި ކަންހިނގަމުން އައި މަގަކީ ރައީސުލްޖުމްހޫރިއްޔާއަށް
ފެނިވަޑައިގަންނަވާ ބޭފުޅަކު އިލެކްޝަންސް ކޮމިޝަނަރެއްގެ ގޮތުގައި އައްޔަންކުރައްވަނީއެވެ.
ރިޔާސީ އިންތިޚާބާއި އާންމު އިންތިޚާބްގެ ހުރިހާކަމެއް ކުރިއަށްދާނީ އެކޮމިޝަނަރު
ނިންމާ ގޮތެއްގެ މަތިންނެވެ. އެ އުސޫލު ބަދަލުވެގެންދިޔައީ 2008 ވަނަ އަހަރު
ދިވެހީން ބަލައިގަތް އާގާނޫނުއަސާސީން ނެވެ. އެގާނޫނުއަސާސީގެ އިންތިގާލީ ބާބުގައި
ބުނާ އިލެކްޝަންސް ކޮމިޝަން އުފައްދައި ރައްޔިތުންގެ މަޖިލީހުގެ ނިންމެވުމުގެ
މަތީން މެންބަރުން ކަނޑައެޅީ، 2008 ސެޕްޓެމްބަރުގައެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް އިލެކްޝަންސް ކޮމިޝަނެއް އުފައްދައި، އެ ކޮމިޝަނަށް މެންބަރުން އައްޔަންކުރީ އޭރު ރަޖިސްޓްރީކޮށްފައި ހުރި ސިޔާސީ ޕާޓީތަކުން ހުށަހެޅި ނަންތަކަށް ރައްޔިތުންގެ މަޖިލީހުގައި ވޯޓަށް އަހައިގެންނެވެ. ވޯޓުން އަގުލަބިއްޔަތު ލިބިގެން ކޮމިޝަނަށް އައްޔަންކުރެއްވި ބޭފުޅުންނަކީ؛ ޑީއާރުޕީގެ ފަރާތުން ހުށަހެޅި ހ.ނޫމުތީ މުޙައްމަދު އިބްރާހީމް، އެމްޑީޕީގެ ފަރާތުން ހުށަހެޅި މއ.ޗަނބޭލީމާގޭ އަޙްމަދު ޝާހިދު، ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ހުށަހެޅި މ.އޯޝާނިއާ މުޙައްމަދު މާހިރު، ޕީޕަލްސް ޕާޓީގެ ފަރާތުން ހުށަހެޅި މ.ތަޅަމުދިގޭ ފުއާދު ތައުފީގު، އައިޑީޕީގެ ފަރާތުން ހުށަހެޅި މއ.މަނާގޭ އަލީ ފާއިޒެވެ. މިބޭފުޅުންގެ ތެރެއިން ފުއާދު ތައުފީގަކީ އެމްޑީޕީގެ ފުރަތަމަ ކޮންގްރެސް (2005 ޑިސެމްބަރު) ގެ ތެރޭގައި ބޭއްވި އިންތިޚާބްތަކުގެ ކަންތައްތައް ބެލެހެއްޓެވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ބޭފުޅާއެވެ. އަދި މުޙައްމަދު އިބްރާހީމަކީ ޑީއާރުޕީގެ ފުރަތަމަ ކޮންގްރެސް (2006 އެޕްރީލް) ގެ ތެރޭގައި ބޭއްވި އިންތިޚާބްތަކުގެ ކަންތައްތައް ބެލެހެއްޓެވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ބޭފުޅާއެވެ.
ކޮމިޝަންގެ މެންބަރުންގެ މެދުގައި ނެގި ވޯޓަކުން ކޮމިޝަންގެ ރައީސާއި ނައިބްރައީސް އިންތިޚާބްކުރީ 2008 ސެޕްޓެމްބަރު 4 ވީ ބުރާސްފަތި ދުވަހުގެރެއެވެ. ރައީސަކަށް އިންތިޚާބްކުރީ މުޙައްމަދު އިބްރާހީމެވެ. އަދި ނައިބްރައީސަކަށް އިންތިޚާބްކުރީ އަޙްމަދު ޝާހިދު އެވެ.
2009 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކުރިން، އަޙްމަދު ޝާހިދު އާއި އަލީ ފާއިޒް އިސްތިއުފާ ދެއްވިއެވެ. އެދެބޭފުޅުންގެ ބަދަލުގައި އައްޔަންކުރީ ހުސައިން ސިރާޖާއި ހަސަން ޝާހް އެވެ. އަދި ނައިބް ރައީސްގެ މަގާމު ހުސްވެފައިވުމާއެކު، 2009 އެޕްރީލްގައި އެމަގާމަށް ހުސައިން ސިރާޖް އިންތިޚާބްކުރިއެވެ.

ޤާނޫނުއަސާސީގެ 167 ވަނަ މާއްދާގައި ބުނާ އުސޫލުގެ މަތިން އިލެކްޝަންސް
ކޮމިޝަން ފުރަތަމަ ފަހަރަށް އެކުލަވާލީ 2009 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ
ތެރޭގައެވެ. ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލެއްވި ބޭފުޅުންގެތެރެއިން ރައީސުލްޖުމްހޫރިއްޔާއަށް
ފެނިވަޑައިގެންނެވި ބޭފުޅުންގެ ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޭރު އޮތީ ސަރުކާރާ ދެކޮޅު ފަރާތްތަކުގެ
އަތުގައެވެ. ރައީސް ނަޝީދު، އިސްކަން ދެއްވީ ކުރިންވެސް އެކޮމިޝަންގައި ތިއްބެވި
ބޭފުޅުންނަށެވެ. އިންތިޤާލީ އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު އިބްރާހީމްގެ
ނަން ދެފަހަރަށް މަޖިލީހަށް ފޮނުއްވުމުންވެސް ތާއީދެއް ނުލިބުނެވެ. ނައިބްރައީސް ޙުސައިން
ސިރާޖަށްވެސް މަޖިލީހުގެ ރުހުމެއް ނުލިބުނެވެ.
ކުރިން ކޮމިޝަންގައި ހިމެނިވަޑައިގަތް މެންބަރުންގެ ތެރެއިން އިދިކޮޅު
ފަރާތްތަކުގެ ތާއީދު ހަމައެކަނި ލިބިވަޑައިގަތީ އިލެކްޝަންސް ކޮމިޝަންގެ މިހާރުގެ
ރައީސް ފުއާދު ތައުފީގަށެވެ. ފުއާދު އޭރުވެސް ކައިވެނި ބައްލަވައިގެން އުޅުއްވީ
މިހާރުގެވެސް އަނބިކަނބަލުންނާއެވެ. އެކަމަނާއަކީ އޭރުވެސް އެމްޑީޕީގެ
މެންބަރެކެވެ.
ކޮމިޝަންގެ ނައިބްރައީސް އަޙްމަދު ފަޔާޒް ހަސަން އިސްލާހީ ހަރަކާތް ފެށިގެން
އައިއިރު ޕޯޑިއަމްތަކުންނާއި ރިޔާސަތު ތަކުންވެސް ފެނުނު ބޭފުޅެކެވެ. އެމްޑީޕީގެ
މެންބަރެކެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ފުރަތަމަ ހުންނެވީ ހެލްތު މިނިސްޓަރގެ
ނައިބަކަށެވެ. ފަހުން ހުންނެވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ.
އެމަގާމުން އަމިއްލައަށް އިސްތިއުފާ ދެއްވައި، އިލެކްޝަންސް ކޮމިޝަންގެ
މެންބަރުކަމަށް ކުރިމަތިލެއްވީއެވެ. ރައީސް ނަޝީދު އެބޭފުޅާގެ ނަން މަޖިލީހަށް
ފޮނުއްވީއެވެ. މަހުލޫފްވެސް އޭރު ނިސްބަތްވާ ޑީއާރުޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ފަޔާޒަށް
ރުހުން ދެއްވީއެވެ.
ކޮމިޝަންގެ މެންބަރު އަލީ މުޙައްމަދު މަނިކު އާ ގުޅޭގޮތުން ޕީޕީއެމުން އެކުރާ
ތުހުމަތަކީވެސް 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ކަންހިނގި ގޮތް
ކަމަށްބުނެ، ކުރާ ޝަކުވާއެކެވެ. މަނިކަށް މަޖިލީހުގެ ރުހުން ލިބުނީ އެކަމެއް
ހިނގާދިޔަތާ އެތައް ދުވަހެއް ފަހުންނެވެ.
ޕީޕީއެމުން އިލެކްޝަންސް ކޮމިޝަންގެ ތިން ބޭފުޅަކާ ގުޅޭގޮތުން ޝަކުވާ
ކުރައްވާ ތިން ބޭފުޅުންނަކީވެސް ޑީއާރުޕީގެ މެޖޯރިޓީ އޮތް މަޖިލީހުން އެޕާޓީއަށް
ނިސްބަތްވާ މަޖިލިސް މެންބަރުންގެ ފުރިހަމަ ތާއީދާއެކު މަގާމު ކަށަވަރު ކުރެއްވި
ބޭފުޅުންނެވެ. އެބޭފުޅުންނާމެދު މިއަދު އެކުރާ ތުހުމަތުތައް، އެގޮތަށް ކުރުމުގެ
ފުރުސަތު އެބޭފުޅުން ކޮމިޝަނަށް އައްޔަންކުރުމުގެ ކުރިންވެސް އޮތެވެ. އެހެނަސް
އޭރު އެންމެ ކަމުދިޔަ ބޭފުޅުންނަކީ އެއީއެވެ.
އިލެކްޝަންސް ކޮމިޝަންގެ ލީގަލް ޑިރެކްޓަރ ހަނީފާ ޚާލިދު އަދާކުރައްވަމުން
ގެންދަވާ ޒިންމާތަކުން އެއްފަރާތްކުރުމަށްވެސް ޕީޕީއެމުން ގޮވާލިއެވެ. ސަބަބެއް
ކަމަށް ބުނެފައިވަނީ ޓްވިޓަރގައި އޭނާގެ ޚިޔާލުތައް އާންމުކުރެއްވުމުގައި
މައުމޫނަށް ކުޑައިމީސްވާގޮތަށް އެއްޗެތި ލިޔުއްވާތީ ކަމަށެވެ. އަދި އޭނާގެ
ފިރިކަލުންނަކީ އެމްޑީޕީގެ ފަރާތުން ރ.އުނގޫފާރު ދާއިރާއަށް ވާދަކުރެއްވި ބޭފުޅެއް
ކަމަށްވާތީއެވެ. މި އުސޫލުން ބަލާނަމަ، ސަރުކާރުގެ ޒިންމާދާރު މަގާމުތަކުގައި
ތިބެ، މިނިވަންކަމާއެކު ޚިޔާލުފާޅުކުރާ އެތައް ސަރުކާރު މުވައްޒަފުންނެއް
އެބަތިއްބެވެ. އާއިލީގޮތުން އެކި މީސްމީހުންނާ ގުޅިލާމެހިފައިތިބި އެތައް
ބަޔަކުވެސް އެބަ ތިއްބެވެ. އެމްޑީޕީއަށް ނިސްބަތްވާ މީހުންގެ އަނބިންނެކޭ
އެއްގޮތަށް އިލެކްޝަންސްގެ އިސްމަގާމުގައި ޕީޕީއެމްގެ އިސްބޭފުޅުންގެ
އަނބިކަނބަލުންވެސް އެބަ ތިއްބެވެ.
މިހުރިހާ ކަމެއްވެސް މިމޭރުމުން ހުއްޓާ، ޕީޕީއެމް އުފެއްދި ފަހުން ރާއްޖޭގެ
އެކި ކަންކޮޅުތަކުގައި ބޭއްވި ތަފާތު ބައިއިލެކްޝަންތައް ޕީޕީއެމުން ކާމިޔާބުކުރިއެވެ.
ޖުމްލަ 16 އިންތިޚާބުގެތެރެއިން 13 އިންތިޚާބް ޕީޕީއެމުން ކާމިޔާބު ކުރިއެވެ.
އެކަން ފާހަގަކޮށް ފަޚުރުވެރިކަމާއެކު އެވާހަކަ ޕީޕީއެމްގެ އިސްބޭފުޅުން ތަކުރާރުކޮށްދެއްކެވިއެވެ. ޕީޕީއެމަށް އެހުރިހާ ކާމިޔާބެއް ލިބުނުއިރުވެސް ކޮމިޝަންގައި
ތިއްބެވީ ހަމަ މިއަދުވެސް ތިއްބެވި މެންބަރުންނެވެ.
އިލެކްޝަންސް ކޮމިޝަނަށް އެމެންބަރުން އައްޔަނުކުރީވެސް އެބޭފުޅުންނާމެދު
ޕީޕީއެމުން އެކުރާ ތުހުމަތުތައް އެބޭފުޅުންގެ ދިރިއުޅުމުގައި ތަޖުރިބާ
ކުރައްވާފައި ވަނިކޮށެވެ. އެމެންބަރުންނާ ގުޅޭގޮތުން އިއްޔެ ނުދެއްކި ވާހަކަ
މިއަދު ދެއްކުމުން، އަޅުގަނޑަށް ދޭހަވާ މާނައަކީ އިންތިޚާބް ނާކާމިޔާބު ވާނެކަން
ޕީޕީއެމަށް ގަބޫލުކުރެވުމެވެ.
No comments:
Post a Comment
Your comment is awaiting moderation!