ރާއްޖޭގައި ޒަމާނުއްސުރެ ޢަމަލުކުރެވެމުން އައި
ގާނޫނުއަސާސީން ދިވެހި ރައްޔިތުންނަށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި
ނޫސްވެރިކަމުގެ މިނިވަންކަން އޮތީ ލިބިދީފަ. އެހެނަސް އޭރަކު އޮންނަ ސަރުކާރަކާ
ދެކޮޅަށް ޚިޔާލެއް ފާޅުކުރާ މީހާއަށް ތަފާތު އަނިޔާއާއި އަދަބު ސަރުކާރުންދޭ.
ރާއްޖޭގެ ފަހުގެ ތާރީޚްގައި މިދެންނެވިފަދަ އަނިޔާއާއި އަދަބު އެންމެ ގިނައިން
ލިބިވަޑައިގަތް ބޭފުޅަކީ، ރާއްޖޭގައި ބޭއްވި ފުރަތަމަ ޑިމޮކްރެޓިކް އިންތިޚާބު
ކާމިޔާބުކުރައްވައިގެން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ފުރުއްވަމުން
ގެންދަވާ މުޙައްމަދު ނަޝީދު.
ނަޝީދު ފާހަގަކުރެވުނީ އިންސާނީހައްގުތަކަށް
އިހްތިރާމް ކުރުމަށް އަޑުއުފުލަންފެށި ސަޚްސިއްޔަތެއްގެ ގޮތުގައި. އޭނާ ފާހަގަ
ކުރެވުނީ މިނިވަން ނޫސްވެރިކަމަށް ޖާގަ ހޯދުމަށް ސަރުކާރަށް ޕްރެޝަރ ކުރި
ނޫސްވެރިއެއްގެ ގޮތުގައި. އޭނާ ފާހަގަ ކުރެވުނީ ޑިމޮކްރެސީގެ ހަމަތަކަށް ލޯބިކުރާ
އަދި ޚުދުމުޚްތާރުވެރިކަމުގެ ސަގާފަތަށް ފާޑުކިޔާ މީހެއްގެ ގޮތުގައި. އޭނާގެ
މިސިފަތަކަކީ އޭރު ވެރިކަން ކުރަމުން އައި މައުމޫންގެ ސަރުކާރަށް ބަލައިގަނެވޭވަރު
ކަމަކަށް ނުވި. ނަތީޖާއަކީ ނަޝީދަށާއި އިސްލާހަށް މަސައްކަތްކުރި އެންމެން އެއްފަހަރާ
ޖަލުގައި ހައްޔަރުކޮށް އަނިޔާ ދިނުން. އިންސާފުން އެއްކިބާވެ ޝަރީއަތްތަކެއް
ހިންގައި ބޮޑެތި ޙުކުމްތަކެއް ކުރުން.
ވަކިވަކި ފަރުދުންގެ ގޮތުގައި އިސްލާހަށް ކުރެވޭ
މަސައްކަތަކީ ސަރުކާރަށް ރޫޅައިލަން ފަސޭހަ ކަމެއް ކަމުގައި ދެކި ސިޔާސީ ޕާޓީ
އުފެއްދުމުގެ މަސައްކަތް ދިވެހީންގެ ތެރެއިން އިސްލާހަށް ލޯބިކުރާ އިސްބަޔަކު
ކުރަން ފެށި. މިމަސައްކަތް ފުރަތަމަ ކުރެވުނީ 1994 ވަނަ އަހަރު. އެފަހަރު
ސަރުކާރުން އެކަމަށް ހުރަސް އަޅައި އެކަމުގައި އިސްކޮށް އުޅުނު ހަތަރު މީހަކު
ހައްޔަރުކުރި.
މޯލްޑިވިއަން ޑިމޮކްރެޓިކްޕާޓީ (އެމްޑީޕީ)ގެ
ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދި ސަރުކާރަށް ހުށަހެޅީ 2001
ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި. ތަފާތު ފަންތިއަށް ނިސްބަތްވާ 42 މީހަކު
ސޮއިކޮށް ހުށަހެޅި ހުށަހެޅުމާ ގުޅޭގޮތުން ހޯމް މިނިސްޓްރީންވެސް ދެއްވީ ޕޮޒިޓިވް
ޖަވާބުތަކެއް. އެހެނަސް އާޚިރު ނަތީޖާއަކީ ސިޔާސީ ޕާޓީ ހަދައި ހިންގަން ރާއްޖޭގެ
ޤާނޫނުއަސާސީން ފުރުސަތު ނުދޭ ކަމަށްބުނެ ސަރުކާރުން އެމަސައްކަތް ހުއްޓުވައިލުން.
ދިވެހި ޖަލުތަކުގައި ދިވެހީންނަށް ދެވޭ އަނިޔާގެ
ވާހަކަ އަކީ ދިވެހީން އަޑުއަހާ ވާހަކައެއް. އެވާހަކަ ދައްކާ މީހުންނަށް
އެއަނިޔާތައް ތަޖުރިބާ ކުރަންޖެހޭތީ އެކަން އޮތީ ސިއްރެއްގެ ގޮތުގައި. އެކަމަކު
އެކަން އޮތީ އެންމެން ދަންނަ ބޮޑު ސިއްރެއްގެ ގޮތުގައި.
މި "ސިއްރު" ބޭޒާރުވެ މުޅި ދުނިޔެއަށް
ހާމަވެގެންދިޔައީ 2003 ވަނަ އަހަރު ސެޕްޓެމްބަރު މާފުށީ ޖަލުގައި ހިނގި ހާދިސާއާ
ގުޅިގެން. މަސްތުވާތަކެތީގެ މައްސަލައިގައި ޖަލުހުކުމެއް ތަންފީޒުކުރަމުންދިޔަ 19
އަހަރުގެ ޒުވާނަކަށް ސިފައިން އަނިޔާކޮށް މަރާލުމުން. މިކަމާ ގުޅިގެން މާފުށީ
ޖަލުގައާއި މާލޭގައިވެސް ހަމަނުޖެހުންތައް ހިނގި. ސަރުކާރާ ދެކޮޅަށް އަދި
އަނިޔާވެރިކަމާ ދެކޮޅަށް އެތައްބަޔަކު އަޑުއުފުލި. ޖަލުގައި ސިފައިންނާ ގައިދީންނާ
ދެމެދު ހިނގި ކުރިމަތިލުންތަކުގައި އިންޒާރުދިނުމަކާ ނުލައި ސިފައިން ބަޑިޖެހި.
އެކަމުގެ ސަބަބުން 3 މީހަކު މަރުވި. އަދި 20 މީހެއްގެ ގަޔަށް ވަޒަން އެރި.
މި ހާދިސާއަށްފަހު، ރާއްޖެއަށް އިސްލާހު ގެންނަން
ޒަމާނުއްސުރެ މަސައްކަތް ކުރަމުންދިޔަ ބަޔަކު ރާއްޖޭން ބޭރަށްފުރި. ދިވެހި
ސަރުކާރަށް އަތްނުފޯރާ ފަށުގައި، ޑިޕްލޮމެޓިކް ގުޅުންތަކުގެ ތެރެއިންނާއި
ބައިނަލްއަގްވާމީ ޖަމާއަތްތައް މެދުވެރިކޮށް ދިވެހި ސަރުކާރަށް ޕްރެޝަރުދޭން ފެށި.
މިމަސައްކަތުގެ މުގުލުގައި ތިބީ އެމްޑީޕީގެވެސް މުގުލުގައި ތިއްބެވި ބޭފުޅުން.
އެބޭފުޅުންގެ މަސައްކަތުން އެމްޑީޕީ އަކީ ބައިނަލްއަގްވާމީ މުޖްތަމައު
ބަލައިގަންނަ ސިޔާސީ ޕާޓީއެއްގެ ގޮތުގައި އިއުލާންކުރި. 2003 ވަނަ އަހަރުގެ
ނޮވެމްބަރު 10 ގައި އެމްޑީޕީގެ ނަމުގައި މަސައްކަތްތައް ކުރިއަށްދިޔައީ
ސްރީލަންކާގައާއި އިނގިރޭސިވިލާތުގައާއި ދިވެހިރާއްޖޭގައި. ސްރީލަންކާގައި
މަސައްކަތް ކުރަމުންދިޔަ އެމްޑީޕީގެ މެންބަރުންނަށް ދިވެހި ސަރުކާރުގެ
ނުރައްކާތެރި ރޭވުންތަކާ ކުރިމަތިވި. އަދި ރާއްޖޭގައި ހަރަކާތްތެރިވި އެމްޑީޕީ
މެންބަރުން ހައްޔަރުކޮށް ތަފާތު އަނިޔާއާއި އަދަބުތައް އެމީހުނަށްދިން. ސަރުކާރުން
ބުނަމުން ދިޔައީ އެމްޑީޕީގެ ނަމުގައި ކުރަމުންދާ މަސައްކަތަކީ ޣައިރުޤާނޫނީ
ޢަމަލެއް ކަމަށް. ސިޔާސީ ޕާޓީ ހަދައި ހިންގުމަކީ ގާނޫނުއަސާސީން ފުރުސަތު ނުދޭ
ކަމެއްކަމަށް. އެހެނަސް އެމްޑީޕީގެ މަސައްކަތް ދިޔައީ ކުރިއަށް.
އިނގިރޭސިވިލާތުގައި ތިބި އެމްޑީޕީގެ ޓީމުން އެގައުމުގެ ޕާލަމެންޓް މެންބަރުންނާއި
ސަރުކާރުގެ އިސްވެރިންނާ ބައްދަލުކޮށް ރާއްޖޭގެ މަސްރަހް އޮޅުންފިލުވައިދިން.
އިންސާނީ ހައްގުތަކަށާއި ޑިމޮކްރަސީއަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ
ޖަމާއަތްތަކަށް ރާއްޖޭގެ ހާލަތު އޮޅުންފިލުވައިދިން. އެފަރާތްތަކުގެ
އެހީތެރިކަމާއެކު އެމްޑީޕީއަށް އައީ މަގުކޮށެމުން.
2004 ވަނަ އަހަރުގެ ޖުލައިމަހުން ފެށިގެން ސިޔާސީ
މައުލޫތަކަށް ޚާއްސަކޮށްގެން "މިނިވަން ބަހުސް"ގެ ނަމުގައި ސިލްސިލާ
ބައްދަލުވުންތަކެއް ބާއްވަންފެށި. އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން އިންތިޒާމް ކުރި
މިބައްދަލުވުންތަކަށް ގިނަ އަދަދެއްގެ ރައްޔިތުން ހާޒިރުވެ އެބައިމީހުންގެ
ޝުއޫރުތައް ފާޅުކުރި. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ޤާނޫނުއަސާސީން
ކަށަވަރުކޮށްދީފައިވާ ހައްގެއް ނަމަވެސް، ދެވަނަ ބައްދަލުވުމުގައި މައުމޫންގެ
އިސްތިއުފާއަށް އާންމުންގެ މީހަކު ގޮވި ހިސާބުން އެފަދަ ބައްދަލުވުންތަކަށް
ސަރުކާރުން ހުރަސްއެޅި. ނަތީޖާއަކަށްވީ 6 ވަނަ ބައްދަލުވުމާ ހިސާބުން އެފަދަ
ބައްދަލުވުންތައް ބޭއްވުން ސަރުކާރުން މަނާކުރުން. އަދި މިނިވަން ބަހުސް
ސިލްސިލާގައި އިސްކޮށް އުޅުނު މީހުން ފުލުސް އޮފީހަށް ހާޒިރު ކުރަންފެށި. އޭގެ
ތެރެއިން ބައެއް މީހުން ހައްޔަރުކުރި. މިގޮތުން އޮގަސްޓް 12 ވަނަ ދުވަހު ފުލުސް
އޮފީހަށް ގެންދިޔަ މީހުން ދޫކޮށްނުލައި ގިނަ އިރު ވާތީ އެކަމާ ނުރުހުން ފާޅުކޮށް
އެރޭ ގިނަ އަދަދެއްގެ ބަޔަކު ފުލުސް އޮފީސް ކައިރިއަށް އެއްވި. ގިނަ އަދަދެއްގެ
ބަޔަކު އެ ސަރަހައްދަށް އެއްވެ މިނިވަންކަމާއެކު ޚިޔާލުފާޅުކުރުމުގައި އެތައް
ވަގުތެއް ހޭދަކުރި. މިކަން ނިމުމަކަށް ގެނައީ ސިފައިންގެ އަނިޔާވެރި ޢަމަލުތަކުން.
އޮގަސްޓް 13 ވަނަ ދުވަހު އެއެއްވުން ރޫޅައިލާ 200 އަށްވުރެ ގިނަ މީހުން
ހައްޔަރުކުރި. އޭގެ ތެރޭގައި ރައްޔިތުން މަޖިލީހާއި ޚާއްސަ މަޖިލީހުގެ
މެންބަރުންނާއި އެމްޑީޕީގެ އިސް ހަރަކާތްތެރިން ހިމެނުނު. އެމީހުން
ހައްޔަރުކުރުމުގައާއި ޖަލުގައި ބޭތިއްބުމުގައި އިންސާނިއްޔަތާ ޚިލާފް ޢަމަލުތައް
ސިފައިން ކުރި.
ރާއްޖެއަށްޓަކައި ރާއްޖޭންބޭރުގައި 18 މަސްދުވަސް
ހޭދަކުރެއްވުމަށްފަހު، 30 އެޕްރީލް 2005 ގައި އެމްޑީޕީގެ ޗެއާޕާސަން ނަޝީދު ރާއްޖެ
ވަޑައިގެންނެވި. ސިޔާސީ ޕާޓީ ރާއްޖޭގައި އުފެއްދުމަށްޓަކައި ގިނަގުނަ
މަސައްކަތްތައް ކުރައްވަން ފެއްޓެވި. އެޔާއެކު ސަރުކާރުން ތަފާތު ހުރަސްތަކާއި
ބިރުދެއްކުންތައް އޭނާއަށް ކުރިމަތި ކުރަންފެށި. ސިޔާސީ ޕާޓީ ރާއްޖޭގައި
ހުއްދަކުރުމަށްޓަކައި އެމްޑީޕީން ކުރި ހިތްވަރާއި ބުރަ މަސައްކަތުގެ ނަތީޖާއަކީ
ސިޔާސީ ޕާޓީގެ ފިކުރަށް ސަރުކާރުންވެސް ތާއީދުކުރަން މަޖުބޫރުވުން.
އަމަލުކުރެވެމުންދިޔަ ގާނޫނުއަސާސީގެ ދަށުން ސިޔާސީޕާޓީ ހަދަން ފެންނަކަމަށް
ރައްޔިތުން މަޖިލީހުގެ މެންބަރުންގެ އިއްތިފާގުން ނިންމެވި. 2 ޖޫން 2005 ވީ
ބުރާސްފަތި ދުވަހު ނިންމެވި ނިންމެވުމާއެކު ޖެހިގެން އައި އާދީއްތަ ދުވަހު
އެމްޑީޕީ ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ވަރަށް ފޯރީގައި ކުރިއަށް ގެންދިޔަ.
ރާއްޖޭގެ ފުރަތަމަ ސިޔާސީ ޕާޓީގެ ގޮތުގައި އެމްޑީޕީ ރަޖިސްޓްރީ ކުރެވުނީ 26 ޖޫން
2005 ގައެވެ.
އެމްޑީޕީގެ މަސައްކަތް ކުރިއަށް ގެންދިޔައީ
ކުރިއެކޭވެސް އެއްގޮތަށް. އިންސާނީ ޙައްގުތަކަށް އިޙްތިރާމް ކުރުމަށް ގޮވައިލައި
ޑިމޮކްރެޓިކް ސިފަތަކަށް އަމަލުކުރުމަށް ގޮވައިލަމުން. މިފަދަ ވާހަކަ ތަކަކީ
ސަރުކާރަށް ގަބޫލުކުރެވޭ ވާހަކަތަކަކަށް ނުވި. ޚިޔާލުފާޅުކުރުމުގެ
މިނިވަންކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމަށްވެސް އެމްޑީޕީން ގޮވާލި. އެކަމަކު
އެކަމަކީވެސް ސަރުކާރު ވަރަށްބޮޑަށް ބިރުގަންނަ ކަމަކަށްވި. މިފަދަ އެއް ހާދިސާ
2004 ވަނަ އަހަރުގެ އޮގަސްޓް 12 13 ގެ ހަނދާނުގައި ޖުމްހޫރީ މައިދާން ސަރަހައްދުގައި
އިންނަވަނިކޮށް އެމްޑީޕީގެ ޗެއާޕާސަން ހައްޔަރުކުރުން. ޗެއާޕާސަނާއި ޕާޓީގެ
ކައުންސިލް މެންބަރަކާއި ސަޕޯޓަރުންގެ 3 މީހަކު ސުލްހަވެރިކަމާއެކު އިށީނދެގެން
ތިއްބާ އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ބިންމަތީގައި ދަމާފައި. މި
ހާދިސާއާ ގުޅިގެން މާލެތެރޭގައި ހިނގި ހަމަނުޖެހުންތަކުގައި 150 ހެއްހާ މީހުން
ހައްޔަރުކުރި. އަދި އެމްޑީޕީގައި މައި ހަރުގެއަށް ސިފައިން ވަދެ އެތަން ރޫޅައިލާ
ބިމާ ހަމަކުރި.
ހައްޔަރުކުރި އެމްޑީޕީގެ ޗެއާޕާސަންގެ މައްޗަށް
ޓެރެރިޒަމްގެ ދައުވާ އުފުލި. ޝަރީއަތް ހިންގުމުގެވެސް އެންމެ އިސްވެރިޔަކަށް ހުރި
ރައީސުލްޖުމްހޫރިއްޔާ އިންސާފުން އެއްކިބާވެ ހުރެ އޭނާގެ ވާދަވެރިޔާގެ މައްޗަށް
ޝަރީއަތް ކުރި.
2005 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެމްޑީޕީގެ
ފުރަތަމަ ކޮންގްރެސް ބޭއްވި.
އެމްޑީޕީން އިންތިޒާމްކުރި ފުރަތަމަ މުޒާހަރާ 24
ޖެނުއަރީ 2006 ގައި ބޭއްވިއިރު ސަރުކާރުން ދިޔައީ ކެނޑިނޭޅި އިންޒާރު ދެމުން.
އެމުޒާހަރާގައި ބައިވެރިވާ އެންމެނާމެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށްބުނެ
ލައުޑް ސްޕީކަރުން އެސަރަހައްދުގައި ގޮވި. އެހެނަސް އެކަމާ ޖެހިލުންނުވި އެތައް
ބަޔަކު އެމުޒާހަރާގައި ބައިވެރިވެ ސަރުކާރަށް ފާޑުކިޔައި އެބައިމީހުންގެ ޚިޔާލު
ފާޅުކުރި. މިމުޒާހަރާއަށްފަހު އެމްޑީޕީން އިސްނަގައިގެން ގިނަ މުޒާހަރާތަކެއް
ބޭއްވި. މިފަދަ ކޮންމެ މުޒާހަރާއެއްވެސް ބޭއްވީ މުހިންމު މައްސަލަތަކަށް
ސަމާލުކަން އިތުރުކުރުމުގެ ގޮތުންނާއި އެކަންކަން ހައްލުކޮށްދިނުމަށް ސަރުކާރަށް
އިލްތިމާސް ކުރުމުގެ ގޮތުން. މިފަދަ މުޒާހަރާތަކުގެތެރޭގައި އަންހެނުންގެ
ހައްގުތައް ހޯދުން، މަސްވެރިންގެ ހައްގުތައް ހޯދުން، މަސައްކަތްތެރިންގެ
ހައްގުތައް ހޯދުން، އިންސާނީ ހައްގުތައް ހޯދުން، 18 އަހަރުން މަތީގެ މީހުންނަށް
ވޯޓުގައި ބައިވެރިވެވޭނެގޮތް ހެދުން، އަނިޔާވެރިކަމާ ދެކޮޅު ހެދުން، ގާނޫނުއަސާސީ
އިސްލާހުކުރުމަށް ބާރުއެޅުން ހިމެނޭ.
އެމްޑީޕީގެ މި މަސައްކަތްތައް ކުރިއަށް ދިޔައީ ހަމަ
އެކަނި މާލެއަކު ނޫން. މާލެއެކޭ އެއްގޮތަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ
ރަށެއްގައިވެސް އެމްޑީޕީގެ ހަރަކާތްތައް ކުރިއަށްދިޔަ. ސިޔާސީ ގޮތުން މީހުން
ހޭލުންތެރިކުރުވުމާއި ސަރުކާރު ދެކެ އާންމު ރައްޔިތުން ގަންނަބިރު ކެނޑުވުމުގެ
މަސައްކަތް އެމްޑީޕީން ރަށްތަކުގައިވެސް ހިންގި. "އެކެއް އަނެކެއްގެ ކިބައިން
ހިއްވަރު ލިބިގެން" އެމްޑީޕީގެ ފިކުރަށް ފާޅުގައި ގިނަބަޔަކު ތާއީދު ކުރި.
އެމްޑީޕީން ހާސިލްކުރަން ބޭނުންވި ގިނަ ކަންކަން
ހާސިލް ކުރެވުނު. މިކަމުގެ އެންމެބޮޑު ހެއްކަކީ އާގާނޫނުއަސާސީގެ މަސައްކަތް.
އެގާނޫނުއަސާސީ އެކުލަވައިލެވިފައިވަނީ ތިންބާރު ވަކިވެފައިވާ ފުރިހަމަ
ޑިމޮކްރެޓިކް ނިޒާމަކަށް ފުރުސަތު ދީގެން. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި
ނޫސްވެރިކަމުގެ މިނިވަންކަން ލިބިދިން. 18 އަހަރުން ފެށިގެން ވޯޓް ލެވޭ ގޮތް
މެދުވެރިވެއްޖެ.
ޑިމޮކްރެޓިކް ހަމަތަކާއި އުސޫލުތަކުގެ މަތިން 2008
ވަނަ އަހަރު ރާއްޖޭގައި ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބު ކާމިޔާބުކުރީ
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު. ވީއިރު އެމްޑީޕީއަކީ 30 އަހަރުގެ
ޚުދުމުޚްތާރު ވެރިކަން ވައްޓާލުމުގެ މޭސްތިރީން. އެމްޑީޕީއަކީ އިންސާނީ
ހައްގުތަކާއި ޑިމޮކްރަސީގެ ހަމަތައް ރާއްޖޭގައި އެކުލަވާލުމުގެ އާރުކާޓީން.

ނޯޓް: މިލިޔުމަކީ
އެމްޑީޕީގެ (2010 ވަނަ އަހަރުގެ) އަހަރީ ދުވަހަށް އެޕާޓީން ތައްޔާރުކުރި ރިޕޯޓަކަށް
އަޅުގަނޑު ލިޔުނު ސްކްރިޕްޓެކެވެ.
No comments:
Post a Comment
Your comment is awaiting moderation!