2008-09-21

ފެހި ކަރުދާސް ކޮންޓެންޓް ތައްޔާރުކުރުން، ކުރެވުނު ރަނގަޅު ތަޖުރިބާއެއް



މިނިސްޓްރީ އޮފް ލީގަލް، ރިފޯމް އިންފޮމޭޝަން އެންޑް އާޓްގެ ފަރާތުން ޝާއިޢުކޮށް އާންމުކުރި "ފެހި ކަރުދާސް" ކޮންޓެންޓް ތައްޔާރުކުރުމުގެ މަސައްކަތްކުރީ އަޅުގަނޑެވެ. އެ މަސައްކަތް ބިނާވެފައިއޮތީ އަލަށް އެކުލަވާލަމުންދިޔަ ބިލްތައް ތަންފީޒުކުރުމާއެކު، އަންނާނޭ ބަދަލުތައް އާންމުންނަށް އަންގައިދިނުމުގެ މައްޗަށެވެ. އެބިލަކުން ރައްޔިތުންނަށް ކުރާނެ ފައިދާއާއި ކަން ހިނގަމުންދާ ގޮތަށް އަންނާނޭ ތަފާތު އަންގައި ދިނުމުގެ މައްޗަށެވެ.


ބިލްތަކާ ގުޅޭގޮތުން އަޅުގަނޑަށް މައުލޫމާތު ދެއްވީ ކޮންމެ ބިލެއްވެސް ޑްރާފްޓް ކުރެއްވުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅުންނެވެ. އަދި އެބިލެއް ޤާނޫނަކަށް ވުމުން، ތަންފީޒުކުރުމުގެ މަސްއޫލިއްޔަތާ ހަވާލުވާނެ އިދާރާގެ އިސް ބޭފުޅުންނެވެ. އަދި އެ ޤާނޫނެއްގެ ދަށުން އަސަރު ފޯރާނެ މީހުންގެ ޚިޔާލުތައްވެސް ހޯދީމެވެ. ބިލުގެ ޑްރާފްޓް ރަނގަޅަށް ކިޔައި އިތުރަށް އެއްކުރި މައުލޫމާތު ތަކުގެ އަލީގައި ފެހި ކަރުދާސް އެކުލަވާލީ ކޮންމެހެން މުހިންމުވާ ބައިތައް ހިމަނައިގެންނެވެ. ޖުމްލަ 8 ބިލެއްގެ މައްޗަށް ފެހި ކަރުދާސްގެ އަދަދުތައް ދިގު ދެމިގެން ދިޔައެވެ. 

ތިރީގައި މިވަނީ ފެހި ކަރުދާހުގެ އަދަދު ތަކުގައި އަޅުގަނޑު ދިރާސާކޮށް، ލިޔުނު ބިލްތަކުގެ ނަންތަކެވެ. 

1-    ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކާބެހޭ ބިލް
2-    ދިވެހިރާއްޖޭގެ ކަސްޓަމްސް ބިލް
3-    ޚިޔާލުފާޅުކުރުމުގެ ޙައްޤުގެ ބިލް
4-    އެއްވެ އުޅުމުގެ ބިލް
5-    ސިޔާސީ ޕާޓީގެ ބިލް
6-    މިނިވަން އިޤްތިޞާދީ ސަރަޙައްދުތައް އުފެއްދުމާއި އިންތިޒާމުކުރުމާއި ހިންގުމުގެ ބިލް
7-    ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ބިލް
8-    ދިވެހިރާއްޖޭގެ ޓެލެކޮމިޔުނިކޭޝަންސް ބިލް

No comments:

Post a Comment

Your comment is awaiting moderation!