
ޓީވީއެމްއިން އަޅުގަނޑާއެކުވި
އެއްބަސްވުމަކީ "ޓީވީ މޯލްޑިވްސްއިން ޚަބަރު ކިޔާ އެނައުންސަރުންނާއި ޓީވީ
މޯލްޑިވްސް އާ ދެމެދު ޚަބަރު ކިޔުމާ ބެހޭގޮތުން ވެފައިވާ އެއްބަސްވުން" އެވެ.
މި އެއްބަސްވުމުގައި ސޮއިކުރީ 1 ސެޕްޓެމްބަރު 2004 ގައެވެ. ޓީވީއެމްގެ ފަރާތުން
ސޮއި ކުރެއްވީ އެގްޒެކެޓިވް ޑިރެކްޓަރ ޙުސައިން މުޙައްމަދެވެ. އެއްބަސްވުމުގެ
ދަށުން ހައެއްކަ ފަހަރު، ހެނދުނު ދިހައެއްގެ ޚަބަރު ކިޔާނެ ފުރުސަތު ލިބުނެވެ.
އަދި ބައެއް ޕްރޮގްރާމްތައް ހުށަހެޅުމުގެ ފުރުސަތުވެސް ލިބުނެވެ. ނަމަވެސް، އެކަން
ކުއްލި އަކަށް މެދުކެނޑުނެވެ. އެއްބަސްވުމަށް އެއްވެސް ބަދަލެއް ނާދެއެވެ. އެކަމަކު
"ކޮންމެވެސް ކަމެއް" ވީއެވެ.
ކަންވީގޮތް އެނގުނީ ދުވަސްކޮޅެއް
ފަހުންނެވެ. އެދުވަސްވަރަކީ ސިޔާސީ ލިޔުންތަކަށް ހަފުތާ މަޖައްލާތަކުގެ އަމާޒު
އެނބުރުނު ދުވަސްވަރެވެ. އޭރު އަޅުގަނޑު މަސައްކަތް ކުރަމުން އައީ ހަފުތާ މަޖައްލާ
ފިޔެސް ގައެވެ. ފިޔެސްގެ ލިޔުންތައް ސިޔާސީ ވުމާއި އަޅުގަނޑުގެ ލިޔުންތެރިކަމުގެ
ގަލަން ސިޔާސީ ވާހަކަތަކާއެކު ހަރަކާތްތެރިވާން ފެށުމުން ޓީވީއެމްގެ އިސްވެރިންނަށް
ކަމުނުދިޔައީއެވެ. އެބޭފުޅުންނާމެދު، އަޅުގަނޑުގެ އެއްވެސް ޝަކުވާ އެއް ނެތެވެ.
އަޅުގަނޑުގެ ތަޖުރިބާއެއް ވީމާ ފާހަގަ ކޮށްލީއެވެ.
No comments:
Post a Comment
Your comment is awaiting moderation!