2011
ސެޕްޓެމްބަރު 9 ވީ ހުކުރު ދުވަހާ ދިވެހީން ކުރިމަތިލީ ހަމަ އާންމު ދުވަހެއްގެ
ގޮތުގައި. އުޑުމަތި ސާފު، ވައިމަޑު، އަދި
ކަނޑުވެސް މަޑު ދުވަހެއްގެ ގޮތުގައި. ނަމަވެސް، ކުއްލިއަކަށް ކުރިމަތިވި
ހާދިސާއަކާ ގުޅިގެން އެދުވަހަކީ ހިތާމަވެރި ދުވަހަކަށް ބަދަލުވެގެން ދިޔަ. ހަމަ އެޔާއެކުހެން
އެދުވަހުގެ ނަލަކަންވެސް، ބަނަކަމަށް
ބަދަލުވެގެންދިޔަ.....
2011-09-14
2011-07-16
ދިވެހިރާއްޖެ ޑިމޮކްރަސީއަށް ކުރި ދަތުރު, ނެރުއްވައިދެއްވުމުގެ ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ދެއްކެވި ވާހަކަފުޅު
މުޙަންމަދު ޝަފީޤު، މޯޑް އަދި ވަޑައިގެން ތިއްބެވި
އެންމެހާ ބޭފުޅުން.
السّـلام عليـكم
އަޅުގަނޑު ވާހަކަ ފެށުމުގެ ކުރީގައި، މުޙަންމަދަށް
ވަރަށް ބޮޑަށް ޝުކުރު ދަންނަވަން ބޭނުން.
މި ފޮތަކީ ނުލިބި އޮތް ފޮތެއްކަމުން އަދި ނުއުފެދި އޮތް އެއްޗެއް ކަމަށްވެގެން، މިކަމުގެ ހިތްބަރުކަމާ އެކީގައި އަޅުގަނޑު ޝަކުވާ ބަންނަތާ ދުވަސްކޮޅެއް ވެއްޖެ. މި ރާއްޖޭގައި
ހިނގައި މިދިޔަ މުހިންމު ކަންތަކާ ގުޅޭ
ހަމަ އެންމެ ފޮތެއްވެސް، އެކަކަށްވެސް ލިޔެވިފައި ނެތުނީތީވެ. ދެން އަޅުގަނޑު އެއްވެސް ހާލެއްގައި ބޭފުޅުން ދެރަކުރާކަށެއް ނޫން. އެކަމަކު އަޅުގަނޑުމެން
ދެމީހުންނަށްވެސް، މުޙަންމަދު އެބަ ސާފުކޮށް
އެނގޭ، އެ ރޭޑިޔޯ ޕްރޮގްރާމެއްގެ ފަސޭހަކަމާއި، ޓީ.ވީ ޕްރޮގްރާމެއް، ޗެޓް ޝޯއެއްގެ ފަސޭހަކަން. ދެފަރާތުގައި
ކެމެރާ ބަހައްޓާފައި، ހަމަ އިށީނދެ
ފަށަނީ. އެހެން ނަމަވެސް، ޙަޤީޤީ ފަންނަކީ އަދިވެސް ހަމަ ގަނޑުގައި ޤަލަމުން ލިޔުން. ޙަޤީޤީ ފަންނަކީ ލިޔުންތެރިކަން. ޙަޤީޤީ ފަންނަކީ ފޮތެއް ލިޔުމަށް ކުރެވޭ މަސައްކަތް. އަދި
އެ ބޮޑު މަސައްކަތް، ކާމިޔާބުކަމާ
އެކީގައި ގެނެސް، ނިންމާލުމުގެ ހިތްވަރު.
2011-07-06
ދިވެހިރާއްޖެ ޑިމޮކްރަސީއަށްކުރި ދަތުރުގައި ހިމެނޭ މުހިންމު ބައިތައް
ދިވެހިރާއްޖެ ޑިމޮކްރަސީއަށްކުރި ދަތުރު މައިގަނޑު
ގޮތެއްގައި ބިނާވެފައިވަނީ 2003 ވަނަ އަހަރުގެ ފަހުކޮޅުންފެށިގެން ރާއްޖޭގެ ސިޔާސީ
މައިދާނުގައި ހިނގާދިޔަ މުހިންމު ހާދިސާތަކުގެ މައްޗަށެވެ. ދިވެހިން
ކުރިން ދެކެފައި
ނުވާފަދަ، ސިޔާސީ ހަލަބޮލިކަން
އެދުވަސްވަރު ރާއްޖޭގައި އުފެދުނެވެ.
މި ހަލަބޮލި ކަމަކީ ދުވަހަކުވެސް
މިރާއްޖޭގައި ހިނގައިފާނޭކަމަށް ބަޔަކު ހީވެސް
ނުކުރާފަދަ ކަންތައްތަކެކެވެ. މިއީ ދިވެހިންގެ ވިސްނުމާއި
ދިވެހިންގެ އުސޫލުތައް ފުށުންޖަހައިލި
ހާދިސާތަކެކެވެ. ރާއްޖޭގެ އިޖުތިމާޢީ މިންގަނޑު
މުޅިން ބަދަލުކޮށް،
ދައުލަތް ހިންގުމުގެ ނިޒާމް
މުޅިން އާގޮތަކަށް
ފުރޮޅައިލި ހަޤީޤަތްތައް ހިމެނެނީ
މި ހާދިސާތަކުގައެވެ.
ސިޔާސީ އޮއިވަރުގައި މުޅި ރައްޔިތުން
ޖެހުނެވެ. ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ލޯ،
ރާއްޖެއަށް އަމާޒުވިއެވެ. އިޞްލާޙުތަކާއި ބަދަލުތައް ގެންނަމުން،
އަންނަމުން ދިޔައެވެ. އެހެންކަމުން މި ހާދިސާތަކަކީ
ތާރީޚަށްޓަކައި އަމާނާތްތެރިކަމާއެކު އޭގެ ހަޤީޤަތް
ރެކޯޑް ކުރެވިފައިވާ
ހާދިސާތަކަކަށް ހެދުމަކީ ޤައުމީ
ގޮތުން ވާޖިބު
ކަމެއް ކަމުގައި
ދެކެމެވެ.
2011-07-04
އަޅުގަނޑުގެ ހަޔާތުގައި އައި އުފާވެރި ރެޔެއް
އުމުރުން މިހާ ހިސާބަށް އައިއިރު
އެހެން ބޭފުޅުންނެކޭވެސް އެއްފަދައިން އަޅުގަނޑުގެ ހަޔާތުގައިވެސް އުފަލާއި ހިތާމަ
ވަނީ ތަޖުރިބާ ކުރަން ޖެހިފައެވެ. މިތަނުގައި ފާހަގަ ކޮށްލަން މިއުޅެނީ ރޭގައި (3
ޖުލައި 2011 ދުވަހުގެރޭ) ލިބުނު އުފަލެއްގެ ވާހަކަ އެވެ.
މަދަރުސީ ދައުރުގައިވެސް
އަޅުގަނޑަކީ އަދަބީ ދަރިވަރެއް ކަމަށް ޓީޗަރުން ބުނުއްވައެވެ. އެކަމަށް ހެކިވަނީ
ކްލާސް މޭޓުންނެވެ. އެހެންކަމާއެކު ލިބެނީ ހިތްވަރެވެ. އިތުރަށް ކުރިއަށް ދިއުމުގެ
ހިތްވަރެވެ. މަޒުމޫނު ލިޔުމާއި ވާހަކަ ލިޔުމާއި ބަހުސް ކުރުމާއި ޅެން ހެދުމާއި ވާހަކަ
ދެއްކުން ފަދަ ކަންކަމަކީ އަޅުގަނޑުގެ ނަން ވިދައިގެން ދިޔަ ކަންތައްތަކެވެ.
މަދަރުސީ ދައުރުގެ އެއްދުވަސް
ހަނދާނަށް އެބަ އާދެއެވެ. އަޅުގަނޑު އުޅުނީ ގްރޭޑް 7 ގައެވެ. ހޯމްވޯކެއްގެ
ގޮތުގައި ދިވެހި މުދައްރިސް ދެއްވި މަސައްކަތަކީ ކުރުވާހަކަ އެއް ލިޔުމެވެ. ވާހަކަ
ލިޔުމަކީ މާއުނދަގޫ ކަމެއް ނޫންކަމުން އެރޭގެ ވަގުތެއްގައި ހަތަރު ސޮފްހާގެ ވާހަކަ
ނިންމާލައިފީމެވެ. މުދައްރިސް ބުނުއްވިގޮތަށް ޖެހިގެން އައިދުވަހު ސްކޫލަށް ގޮސް
ވާހަކަ ލިޔުނު ފޮތް، އެހެން ކުދިންނެކޭ އެއްގޮތަށް މުދައްރިސާ ހަވާލުކުރީމެވެ.
ވާހަކަތަކަށް މުދައްރިސް މާކްސް ދެއްވީ ހަފުތާ ބަންދުގައެވެ. ހަފްތާ ބަންދަށްފަހު
ކިޔެވުން ފެށުނު ދުވަހު ފޮތްތައް ހަވާލުކުރިއެވެ. އެންމެ މަތިން މާކްސް ލިބިފައި
އޮތީ އަޅުގަނޑަށެވެ. ސަތޭކައިން ނުވަދިހަ އަށެކެވެ. އެދުވަހު މުދައްރިސް ބުނުއްވީ
"ގައުމީ ފެންވަރުގައި ވާހަކަ ލިޔެވޭނެ ވަރުގެ ކުދިން މިކުލާހުގައި
އެބަތިބި" ކަމަށާއި އެނިޔަތުގައި ކުރިއަށް ގޮސްފިނަމަ، އެކަން ހާސިލް ވާނެކަމަށެވެ.
މުދައްރިސްގެ އެ ބުނުއްވުން އެންމެ ބޮޑަށް ރައްދުވީ އަޅުގަނޑަށްކަން ޔަގީން
ކުރެވުނެވެ. އެހެންނަމަވެސް އެފަންނުގައި މާބޮޑު ކުރިއެރުންތަކެއް ހޯދުމުގެ
ޝައުގުވެރި ކަމެއް ނެތެވެ.
2010-06-30
އުންމީދު ނުކުރާފަދަ ދެކަމެއް
އިއްޔެ
(29 ޖޫން 2010 ވީ އަންގާރަ) އަކީ ރާއްޖޭގެ ތާރީޚްގައި މުހިންމު ދުވަހެކެވެ. ރައީސް
ނަޝީދުގެ ވެރިކަމުގައި ކުއްލި ނިންމުމެއް ނިންމެވި ދުވަހެކެވެ. އުންމީދު ނުކުރާފަދަ
ދެ ނިންމެވުމެއް ނިންމެވި ދުވަހެކެވެ. ފުރަތަމަ ނިންމެވުމަކީ ކެބިނެޓްގައި
ހިމެނިވަޑައިގެންނެވި ހުރިހާ ވަޒީރުން އެއްފަހަރާ އިސްތިއުފާ ދެއްވުމެވެ.
މިކަމަށްޓަކައި އޮތް ޚާއްސަ ބައްދަލުވުން އޮތީ އިރުއޮއްސެން ކައިރިވެފައި ހުއްޓާ،
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ނޫސްވެރިންގެ
ހާޒިރުގައި އޮތް މި ބައްދަލުވުން ތައާރަފްކުރެއްވުމުގެ ގޮތުން ރައީސް ދެއްކެވި
ވާހަކައިގާ ވިދާޅުވީ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން އެއްބާރުލުން ނުލިބޭ
ކަމަށާއި ބައެއް މެންބަރުން އަމަލުކުރައްވާ ގޮތުން މުޅި ޤާނޫނުއަސާސީގެ ރޫޙް
ގެއްލޭކަމަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވި ކަމަށެވެ. މި ސަރުކާރު އުފެދިފައި ވަނީ ރައްޔިތުންގެ ވިންދާ
އެއްގޮތަށް ނިޒާމެއް އެކުލަވާލަން ކަމަށް
ވެފައި އެކަން ކުރުމަށް މަޖިލިހުގެ މެމްބަރުން އެކަން ކިލަނބު
ނުކުރެއްވުމަށް ރައީސް އެދިވަޑައިގަތެވެ.
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަމުގެ މައްޗަށް އެމްޑީޕީ ކާމިޔާބު ހޯދުން
ރާއްޖޭގައި ޒަމާނުއްސުރެ ޢަމަލުކުރެވެމުން އައި
ގާނޫނުއަސާސީން ދިވެހި ރައްޔިތުންނަށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި
ނޫސްވެރިކަމުގެ މިނިވަންކަން އޮތީ ލިބިދީފަ. އެހެނަސް އޭރަކު އޮންނަ ސަރުކާރަކާ
ދެކޮޅަށް ޚިޔާލެއް ފާޅުކުރާ މީހާއަށް ތަފާތު އަނިޔާއާއި އަދަބު ސަރުކާރުންދޭ.
ރާއްޖޭގެ ފަހުގެ ތާރީޚްގައި މިދެންނެވިފަދަ އަނިޔާއާއި އަދަބު އެންމެ ގިނައިން
ލިބިވަޑައިގަތް ބޭފުޅަކީ، ރާއްޖޭގައި ބޭއްވި ފުރަތަމަ ޑިމޮކްރެޓިކް އިންތިޚާބު
ކާމިޔާބުކުރައްވައިގެން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ފުރުއްވަމުން
ގެންދަވާ މުޙައްމަދު ނަޝީދު.
ނަޝީދު ފާހަގަކުރެވުނީ އިންސާނީހައްގުތަކަށް
އިހްތިރާމް ކުރުމަށް އަޑުއުފުލަންފެށި ސަޚްސިއްޔަތެއްގެ ގޮތުގައި. އޭނާ ފާހަގަ
ކުރެވުނީ މިނިވަން ނޫސްވެރިކަމަށް ޖާގަ ހޯދުމަށް ސަރުކާރަށް ޕްރެޝަރ ކުރި
ނޫސްވެރިއެއްގެ ގޮތުގައި. އޭނާ ފާހަގަ ކުރެވުނީ ޑިމޮކްރެސީގެ ހަމަތަކަށް ލޯބިކުރާ
އަދި ޚުދުމުޚްތާރުވެރިކަމުގެ ސަގާފަތަށް ފާޑުކިޔާ މީހެއްގެ ގޮތުގައި. އޭނާގެ
މިސިފަތަކަކީ އޭރު ވެރިކަން ކުރަމުން އައި މައުމޫންގެ ސަރުކާރަށް ބަލައިގަނެވޭވަރު
ކަމަކަށް ނުވި. ނަތީޖާއަކީ ނަޝީދަށާއި އިސްލާހަށް މަސައްކަތްކުރި އެންމެން އެއްފަހަރާ
ޖަލުގައި ހައްޔަރުކޮށް އަނިޔާ ދިނުން. އިންސާފުން އެއްކިބާވެ ޝަރީއަތްތަކެއް
ހިންގައި ބޮޑެތި ޙުކުމްތަކެއް ކުރުން.
2010-01-27
ރައީސް މައުމޫން ސިޔާސީ ދާއިރާއާ ދުރަށް – މުހިންމު ނިންމެވުމެއް
2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން
ނާކާމިޔާބުވެވަޑައިގަތުމާއެކު، އެމަނިކުފާނު ވަރަށް ރިވެތި ނަމޫނާއެއް
ދެއްކެވިއެވެ. ވަގުތީ ނަތީޖާ ދައްކަމުންދިޔަ ގޮތާ އެއްގޮތަށް އެރޭ (28 އޮކްޓޯބަރު
2008 ދުވަހުގެރޭ) މައުމޫންގެ މައްޗަށް ވާދަވެރި ކެންޑިޑޭޓް މުޙައްމަދު ނަޝީދު
(އަންނި) ކާމިޔާބު ހޯއްދަވައިފިކަން ގަބޫލުކުރެއްވިއެވެ. ނަޝީދަށް ގުޅުއްވައި
މަރްޙަބާ ވިދާޅުވިއެވެ. ޖެހިގެން އައި ދުވަހުގެ މެންދުރު ދެބޭފުޅުން ރައީސް
އޮފީހުގައި ބައްދަލުކުރެއްވިއެވެ. ދެބޭފުޅުން އެކުގައި ނޫސްވެރިންނާވެސް
ބައްދަލުކުރެއްވިއެވެ. ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވިއެވެ. ނޫސްވެރިންގެ
ސުވާލުތަކުގެ ތެރެއިން އަޅުގަނޑު އެންމެ ޝައުގުވެރިވި ސުވާލަކީ އިންތިޚާބުން
ނާކާމިޔާބުވެވަޑައިގެންނެވި މައިގަނޑު ސަބަބާ ގުޅޭގޮތުން ރައީސް މައުމޫނަށް
އަމާޒުކުރެވުނު ސުވާލެވެ. އެސުވާލަށް މައުމޫން ދެއްވި ޖަވާބުވެސް ހަމަ އެހާ
ޝައުގުވެރިއެވެ. އެމަނިކުފާނު ވިދާޅުވި ޖަވާބުގެ ޚުލާސާއަކީ "މައްސަލައަކީ
ތިރީސް އަހަރުގެ މައްސަލަ" އެވެ.
އެ ދުވަހަށްފަހު، އަޅުގަނޑު
އުންމީދުކުރަމުން އައީ ރައީސް މައުމޫން ސިޔާސީ މައިދާނުން ދުރަށް ވަޑައިގަންނަވާނޭ
ދުވަހަކަށެވެ. ސަބަބަކީ ގިނަ ޒަމާންތަކަކަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ
މަގާމު ފުރުއްވީތީ ދެވޭ ގަދަރެވެ. އުމުރުން ދުވަސްވީ ބޭފުޅަކަށްވާތީ ކުރެވޭ
އިހްތިރާމެވެ. މައުމޫނާ މެދު އަޅުގަނޑުގެ ހިތުގައި އޮތް ހަމްދަރުދީއެވެ.
އަޅުގަނޑުގެ އުންމީދު ފުރިހަމަވާން
އުޅޭ ކަމުގެ ޚަބަރު ލިބުނެވެ. 25 ޖެނުއަރީ 2010 ވީ ދުވަހު، މެންދުރު 1:00 ހާއިރު
ރައީސް މައުމޫންގެ ޚާއްސަ ނޫސްކޮންފަރެންސެއް ޓީވީއެމް ސްޓޫޑިއޯގައި ކުރިއަށް
ގެންދެވިއެވެ. އެނޫސްކޮންފަރެންސް ޓީވީއެމުންނާއި އެހެންވެސް ބައެއް ޗެނަލްތަކުން
ލައިވްކުރިއެވެ. އަޅުގަނޑު ބަލަމުންދިޔައީ ޓީވީއެމް މެދުވެރިކޮށެވެ. ރައީސް
މައުމޫންގެ ވާހަކަ ކިތަންމެހާވެސް ޝައުގުވެރިއެވެ.
2009-06-17
އޭއާރުޑީ ޓީވީ ކްރޫއާއެކު އަޅުގަނޑު
ޖަރުމަން އޭއާރުޑީ ޓީވީ ޗެނަލްގެ ވާހަކަ
އަޑުއެހީވެސް، އެމީހުން ރާއްޖެ އަންނަންވެގެން އަޅުގަނޑަށް މެއިލް ކުރީމައެވެ.
އެމީހުންނަށް އަޅުގަނޑުގެ މެއިލް އެޑްރެސް ދިނީ އެ ކްރޫގައި ހިމެނުނު މީހަކާ
ދިމާވެފައިވާ އަޅުގަނޑުގެ ރަހުމަތްތެރިއެކެވެ. އެމީހުންގެ މެއިލް ލިބުމާއެކު
ފުރަތަމަވެސް ބެލީ އެއީ ކިހާވަރެއްގެ ބައެއް ތޯއެވެ. މިހާރުގެ އާންމު އުސޫލުން
ގޫގުލް ކޮށްލީއެވެ. ވިކިޕީޑިއާ އަންގައިދިން ގޮތުގައި އެއީ ޖަރުމަނުގައި އެންމެ ދުވަސްވީ
މީޑިއާ އޯގަނައިޒޭޝަނެވެ. އެންމެ މަޝްހޫރު ޓީވީ ޗެނަލެވެ.
2009-05-15
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2009
2008 އޯގަސްޓް 7 ވަނަ ދުވަހު
ތަސްދީޤްކުރި، ޤާނޫނު އަސާސީގައިވާ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ރައްޔިތުންގެ
މަޖިލީހަށް މެންބަރުން އިންތިޚާބްކޮށްފިއެވެ. ރައްޔިތުންގެ މަޖިލިސް
އެކުލަވާލުމަށްޓަކައި 2009 މެއި 9 ވަނަ ދުވަހު ބޭއްވި ޢާންމު އިންތިޚާބުގެ ވަގުތީ
ނަތީޖާ، އިލެކްޝަންސް ކޮމިޝަނުން
އިޢުލާންކުރީ 2009 މެއި 12 ވީ އަންގާރަ ދުވަހުގެ ރެއެވެ.
މި އިންތިޚާބުގައި 77 ދާއިރާއަށް ޖުމްލަ 455
ކެންޑިޑޭޓަކު ވާދަކުރިއެވެ. އެއީ 11 ސިޔާސީ ޕާޓީއަކުން ވާދަކުރި 209
ކެނޑިޑޭޓުންނާއި، އަމިއްލަގޮތުން ވާދަކުރި 246 ކެނޑިޑޭޓުންނެވެ. އިންތިޚާބްގެ
ނަތީޖާ ދައްކާގޮތުން، މަޖިލީހުގެ މެންބަރުކަން ކަށަވަރުކުރި ކެންޑިޑޭޓުންގެ
ތެރެއިން 64 ކެންޑިޑޭޓުންނަކީ 5 ސިޔާސީޕާޓީއަކަށް ނިސްބަތްވާ ކެންޑިޑޭޓުންނެވެ.
އަނެއް 13 ކެންޑިޑޭޓުންނަކީ އަމިއްލަގޮތުން ވާދަކުރެއްވި ބޭފުޅުންނެވެ. ސިޔާސީ
ޕާޓީތަކަށް ބަލާއިރު، އެންމެ ގިނަ ގޮނޑި ކާމިޔާބްކުރީ އެންމެބޮޑު އިދިކޮޅު ޕާޓީ ދިވެހިރައްޔިތުންގެ
ޕާޓީ (ޑީއާރުޕީ)ންނެވެ. އެޕާޓީއަށް ނިސްބަތްވި 28 ކެންޑިޑޭޓަކު އިންތިޚާބް
ކާމިޔާބް ކުރިއެވެ. ސަރުކާރު ހިންގާ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ
ކެންޑިޑޭޓުން ތެރެއިން 26 ކެންޑިޑޭޓަކު އިންތިޚާބް ކާމިޔާބްކުރިއެވެ. މައި
ދެޕާޓީގެ އިތުރުން ދެން އެންމެ ގިނަ ގޮނޑި ކާމިޔާބްކުރީ 7 ގޮނޑި ކާމިޔާބްކުރި
ޕީޕަލްސް އެލަޔަންސް (ޕީއޭ)ގެ ކެންޑިޑޭޓުންނެވެ. ޕީޕަލްސް އެލައެންސްވަނީ
ޑީއާރްޕީއާ ކޯލިޝަން ހަދާފައިކަމުން އެކޯލިޝަނަށް ނިސްބަތްވާ ޖުމްލަ ގޮނޑީގެ
އަދަދަކީ 35 ކެވެ. އިންތިޚާބް ކާމިޔާބު ކުރި ޕާޓީތަކުގެ ތެރެއިން ދިވެހި ގައުމީ
ޕާޓީ އަށް ލިބުނީ 2 ގޮނޑިއެވެ. އަދި ޖުމްހޫރީ ޕާޓީއަށް 1 ގޮނޑިއެވެ.
2009-02-06
ވެލިދޫއަށް ސްލިޕްވޭއެއް މުހިންމުތަ؟
މި މަހުގެ 2 ވަނަ ދުވަހު ރައީސް ނަޝީދު ނޫސްވެރިންނާ
ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ވެލިދޫގެ ރައްޔިތުންނަށް މިހާރު
އެންމެ މުހިންމު ވެފައިވަނީ ސްލިޕްވޭއެއް ކަމަށް ވިދާޅުވިއެވެ. މިވާހަކަފުޅު
މިމޭރުމުން ރައީސް ވިދާޅުވީ މިސާލެއްގެ ގޮތުންނެވެ. ރަށްތަކުގައި ދިރިއުޅޭ
ރައްޔިތުންގެ ޝަކުވާތަކާއި އުންމީދުތައް އެމަނިކުފާނަށް އެނގިވަޑައިގަންނަވާކަން
ހާމަކޮށްދެއްވުމުގެ ގޮތުންނެވެ.
މިފަދަ ނިޔަތެއްގައި ރައީސް ކުރެއްވިކަމެއްގައި
ވެލިދޫ އަށް ސްލިޕްވޭ އެއް މުހިންމު ވާހަކައަކީ ބޭކާރު ވާހަކައެއް ކަމަށް ވެލިދޫގެ
ބައެއް ރައްޔިތުން ބުނެއެވެ. އެފަދަ ފަރާތްތަކުން މިހެންބުނާ އެންމެބޮޑު ސަބަބަކީ
މިހާރުވެސް ވެލިދޫގައި ސްލިޕްވޭ އެއް އޮތުމެވެ. ސްލިޕްވޭގެ ޚިދުމަތް
އޮޑިވެރިންނަށް ލިބެމުން ދިޔުމެވެ.
2009-01-23
ނ.އަތޮޅަކީ ހުސްނޫނެއް ނޫން...
ދިވެހި ބަހުގައި "ހުސްނޫނު"
ބޭނުންކުރެވެނީ ބައެއް ބަސްތައް ކިޔުމުގައި އަޑަށް ގެންނަންޖެހޭ ބަދަލެއްގެ
ގޮތުންނެވެ. އެބަދަލު އެގޮތަށް ނުގެނެސްފިނަމަ ބައެއް ބަސްތަކުން ދޭހަކުރަން
ބޭނުންވާ މާނައާމެދު އޮޅުން އުފެދި ދާނެއެވެ. މިސާލަކަށް ދަންނަވާނަމަ، ބަނޑު،
ކަނޑު، ގޮނޑި، ބޮނޑި ފަދަ ބަސްބަހެވެ. މިބަސްތަކުގައި ހިމެނޭ ހުސްނޫނު ބޭނުން
ނުކުރިނަމަވެސް ބަހުގެ އަޑަށް އަންނަ ބަދަލު ފިޔަވާ އިތުރު ތަފާތެއް ނެތެވެ.
އެފަދަ ބަހަކުން އިތުރު މާނައެއް ދޭހައެއް ނުވެއެވެ. މިފަދަ ޙާލަތެއްގައި ހުސްނޫނަކީ
މާބޮޑު ބޭނުމެއް ނެތް އެއްޗެކޭ ބުނެވިދާނެއެވެ.
2009-01-16
ނ.އަތޮޅު ދެމެންބަރުންގެ ހާޒިރީ ރިޕޯޓް
ރައްޔިތުންގެ މަޖިލީހުގެ 2008 ވަނަ އަހަރުގެ ޖަލްސާތަކަށް ނ.އަތޮޅުގެ ދެމެންބަރުން، އަބްދުﷲ ޔާމީނާއި ޢަލީ މުޙައްމަދު
ވަޑައިގަންނަވާފައިވާގޮތުގެ ހާޒިރީ ތަފްސީލަށް ބަލައިލާއިރު އެންމެ ގިނަ
ޖަލްސާތަކަށް ވަޑައިގަންނަވާފައިވަނީ އަލީ މުޙައްމަދެވެ. 2008 ވަނަ އަހަރު ބޭއްވި
ޖުމްލަ 108 ޖަލްސާ ގެތެރެއިން 104 ޖަލްސާގައި އަލީ މުޙައްމަދު
ބައިވެރިވެޑައިގަންނަވާފައިވާއިރު، އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެންފައިވަނީ 83
ޖަލްސާގައެވެ.
2009-01-02
ނ.ވެލިދޫ 2008
ފާއިތުވި 2008 ވަނަ އަހަރަކީވެސް ފާހަގަކުރެވޭފަދަ
ގިނަ ހާދިސާތަކެއް ވެލިދޫގައި ހިނގާފައިވާ އަހަރެކެވެ. ތިރީގައި މިފާހަގަކޮށްލަނީ
އޭގެތެރެއިން ބައެއް ކަންތަކެވެ.
2008-11-05
ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދަށް
ކުރިއަށް އޮތް ފަސްއަހަރަށް ރާއްޖޭގެ ރައީސްކަމަށް
އިންތިޚާބުވެވަޑައިގެންފައިވާ އަލްފާޟިލް މުޙައްމަދު ނަޝީދަށް
ވެދުމާއި ސަލާމް މި އަރިސްކުރަނީ މަރުޙަބާގެ
ގުލްދަސްތާ ވެދުންކުރަމުންނެވެ.
މަނިކުފާނެވެ. ރިޔާސީ އިންތިޚާބުގައި މައުމޫން
ބަލިކުރައްވައި މަނިކުފާނު ހޯއްދެވި ކާމިޔާބަކީ ދިވެހި އެތައް ރައްޔިތުންނެއްގެ
ބުރަމަސައްކަތުގެ ނަތީޖާއެވެ. މައުމޫންގެ ދިގު ވެރިކަން ދެކެ ފޫހިވެފައި ތިބި
މީހުންގެ މަސައްކަތެވެ. މައުމޫންގެ ސަރުކާރުން އަނިޔާއާއި ހިތްދަތިކަން
ލިބިފައިތިބި މީހުންގެ ހިތްވަރެވެ. އާވެރިޔަކު ދުށުމަށް މަސައްކަތްކުރި މީހުންގެ
އުންމީދެވެ. ބަދަލަށްޓަކައި އަޑުއުފުލި އެންމެންގެ ބަދަލެވެ. ﷲ ގެ ހަޟުރަތުގައި
ދުޢާ ދެންނެވި އެތައް އަޅުންނެއްގެ ދުޢާ އިޖާބަކުރެއްވުމެވެ.
2008-11-02
އަލްޖަޒީރާ ޓީމާއެކު އަޅުގަނޑު
ރާއްޖޭގައި ހިނގަމުންދާ ކަންކަމާ ގުޅޭގޮތުން
ބައިނަލްއަގްވާމީ މީޑިއާގެ ތެރެއިން އެންމެބޮޑު ސަމާލުކަމެއް ދެނީ އަލްޖަޒީރާ
(އިންގްލިޝް) އެވެ. އޭޝިއާ ސަރަހައްދަށް ޚާއްސަކޮށް މެލޭޝިޔާގައި ހުންނަ
އޮފީހުންނެވެ. މިފަހުން ހިނގާދިޔަ ހާދިސާތަކަށް އަލްޖަޒީރާގެ ކެމެރާ ފޯކަސްކުރި
ފަދައިން، މިހާރު ފޯރިއާއެކު ކުރިއަށްދާ ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ޚާއްސަ
ޕްރޮގްރާމެއް ހެދުމަށްޓަކައި މައުލޫމާތު ނެގިއެވެ.
Subscribe to:
Posts (Atom)

