Showing posts with label Dhivehiraajje democracy ah kuri dhathuru. Show all posts
Showing posts with label Dhivehiraajje democracy ah kuri dhathuru. Show all posts

2011-07-06

ދިވެހިރާއްޖެ ޑިމޮކްރަސީއަށްކުރި ދަތުރުގައި ހިމެނޭ މުހިންމު ބައިތައް



ދިވެހިރާއްޖެ ޑިމޮކްރަސީއަށްކުރި ދަތުރު މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ 2003 ވަނަ އަހަރުގެ ފަހުކޮޅުންފެށިގެން ރާއްޖޭގެ ސިޔާސީ މައިދާނުގައި ހިނގާދިޔަ މުހިންމު ހާދިސާތަކުގެ މައްޗަށެވެ. ދިވެހިން ކުރިން ދެކެފައި ނުވާފަދަ، ސިޔާސީ ހަލަބޮލިކަން އެދުވަސްވަރު ރާއްޖޭގައި އުފެދުނެވެ. މި ހަލަބޮލި ކަމަކީ ދުވަހަކުވެސް މިރާއްޖޭގައި ހިނގައިފާނޭކަމަށް ބަޔަކު ހީވެސް ނުކުރާފަދަ ކަންތައްތަކެކެވެ. މިއީ ދިވެހިންގެ ވިސްނުމާއި ދިވެހިންގެ އުސޫލުތައް ފުށުންޖަހައިލި ހާދިސާތަކެކެވެ. ރާއްޖޭގެ އިޖުތިމާޢީ މިންގަނޑު މުޅިން ބަދަލުކޮށް، ދައުލަތް ހިންގުމުގެ ނިޒާމް މުޅިން އާގޮތަކަށް ފުރޮޅައިލި ހަޤީޤަތްތައް ހިމެނެނީ މި ހާދިސާތަކުގައެވެ. ސިޔާސީ އޮއިވަރުގައި މުޅި ރައްޔިތުން ޖެހުނެވެ. ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ލޯ، ރާއްޖެއަށް އަމާޒުވިއެވެ. އިޞްލާޙުތަކާއި ބަދަލުތައް ގެންނަމުން، އަންނަމުން ދިޔައެވެ. އެހެންކަމުން މި ހާދިސާތަކަކީ ތާރީޚަށްޓަކައި އަމާނާތްތެރިކަމާއެކު އޭގެ ހަޤީޤަތް ރެކޯޑް ކުރެވިފައިވާ ހާދިސާތަކަކަށް ހެދުމަކީ ޤައުމީ ގޮތުން ވާޖިބު ކަމެއް ކަމުގައި ދެކެމެވެ.