ދިވެހިރާއްޖެ ޑިމޮކްރަސީއަށްކުރި ދަތުރު މައިގަނޑު
ގޮތެއްގައި ބިނާވެފައިވަނީ 2003 ވަނަ އަހަރުގެ ފަހުކޮޅުންފެށިގެން ރާއްޖޭގެ ސިޔާސީ
މައިދާނުގައި ހިނގާދިޔަ މުހިންމު ހާދިސާތަކުގެ މައްޗަށެވެ. ދިވެހިން
ކުރިން ދެކެފައި
ނުވާފަދަ، ސިޔާސީ ހަލަބޮލިކަން
އެދުވަސްވަރު ރާއްޖޭގައި އުފެދުނެވެ.
މި ހަލަބޮލި ކަމަކީ ދުވަހަކުވެސް
މިރާއްޖޭގައި ހިނގައިފާނޭކަމަށް ބަޔަކު ހީވެސް
ނުކުރާފަދަ ކަންތައްތަކެކެވެ. މިއީ ދިވެހިންގެ ވިސްނުމާއި
ދިވެހިންގެ އުސޫލުތައް ފުށުންޖަހައިލި
ހާދިސާތަކެކެވެ. ރާއްޖޭގެ އިޖުތިމާޢީ މިންގަނޑު
މުޅިން ބަދަލުކޮށް،
ދައުލަތް ހިންގުމުގެ ނިޒާމް
މުޅިން އާގޮތަކަށް
ފުރޮޅައިލި ހަޤީޤަތްތައް ހިމެނެނީ
މި ހާދިސާތަކުގައެވެ.
ސިޔާސީ އޮއިވަރުގައި މުޅި ރައްޔިތުން
ޖެހުނެވެ. ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ލޯ،
ރާއްޖެއަށް އަމާޒުވިއެވެ. އިޞްލާޙުތަކާއި ބަދަލުތައް ގެންނަމުން،
އަންނަމުން ދިޔައެވެ. އެހެންކަމުން މި ހާދިސާތަކަކީ
ތާރީޚަށްޓަކައި އަމާނާތްތެރިކަމާއެކު އޭގެ ހަޤީޤަތް
ރެކޯޑް ކުރެވިފައިވާ
ހާދިސާތަކަކަށް ހެދުމަކީ ޤައުމީ
ގޮތުން ވާޖިބު
ކަމެއް ކަމުގައި
ދެކެމެވެ.
Showing posts with label Siyaasy. Show all posts
Showing posts with label Siyaasy. Show all posts
2011-07-06
2010-01-27
ރައީސް މައުމޫން ސިޔާސީ ދާއިރާއާ ދުރަށް – މުހިންމު ނިންމެވުމެއް
2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން
ނާކާމިޔާބުވެވަޑައިގަތުމާއެކު، އެމަނިކުފާނު ވަރަށް ރިވެތި ނަމޫނާއެއް
ދެއްކެވިއެވެ. ވަގުތީ ނަތީޖާ ދައްކަމުންދިޔަ ގޮތާ އެއްގޮތަށް އެރޭ (28 އޮކްޓޯބަރު
2008 ދުވަހުގެރޭ) މައުމޫންގެ މައްޗަށް ވާދަވެރި ކެންޑިޑޭޓް މުޙައްމަދު ނަޝީދު
(އަންނި) ކާމިޔާބު ހޯއްދަވައިފިކަން ގަބޫލުކުރެއްވިއެވެ. ނަޝީދަށް ގުޅުއްވައި
މަރްޙަބާ ވިދާޅުވިއެވެ. ޖެހިގެން އައި ދުވަހުގެ މެންދުރު ދެބޭފުޅުން ރައީސް
އޮފީހުގައި ބައްދަލުކުރެއްވިއެވެ. ދެބޭފުޅުން އެކުގައި ނޫސްވެރިންނާވެސް
ބައްދަލުކުރެއްވިއެވެ. ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވިއެވެ. ނޫސްވެރިންގެ
ސުވާލުތަކުގެ ތެރެއިން އަޅުގަނޑު އެންމެ ޝައުގުވެރިވި ސުވާލަކީ އިންތިޚާބުން
ނާކާމިޔާބުވެވަޑައިގެންނެވި މައިގަނޑު ސަބަބާ ގުޅޭގޮތުން ރައީސް މައުމޫނަށް
އަމާޒުކުރެވުނު ސުވާލެވެ. އެސުވާލަށް މައުމޫން ދެއްވި ޖަވާބުވެސް ހަމަ އެހާ
ޝައުގުވެރިއެވެ. އެމަނިކުފާނު ވިދާޅުވި ޖަވާބުގެ ޚުލާސާއަކީ "މައްސަލައަކީ
ތިރީސް އަހަރުގެ މައްސަލަ" އެވެ.
އެ ދުވަހަށްފަހު، އަޅުގަނޑު
އުންމީދުކުރަމުން އައީ ރައީސް މައުމޫން ސިޔާސީ މައިދާނުން ދުރަށް ވަޑައިގަންނަވާނޭ
ދުވަހަކަށެވެ. ސަބަބަކީ ގިނަ ޒަމާންތަކަކަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ
މަގާމު ފުރުއްވީތީ ދެވޭ ގަދަރެވެ. އުމުރުން ދުވަސްވީ ބޭފުޅަކަށްވާތީ ކުރެވޭ
އިހްތިރާމެވެ. މައުމޫނާ މެދު އަޅުގަނޑުގެ ހިތުގައި އޮތް ހަމްދަރުދީއެވެ.
އަޅުގަނޑުގެ އުންމީދު ފުރިހަމަވާން
އުޅޭ ކަމުގެ ޚަބަރު ލިބުނެވެ. 25 ޖެނުއަރީ 2010 ވީ ދުވަހު، މެންދުރު 1:00 ހާއިރު
ރައީސް މައުމޫންގެ ޚާއްސަ ނޫސްކޮންފަރެންސެއް ޓީވީއެމް ސްޓޫޑިއޯގައި ކުރިއަށް
ގެންދެވިއެވެ. އެނޫސްކޮންފަރެންސް ޓީވީއެމުންނާއި އެހެންވެސް ބައެއް ޗެނަލްތަކުން
ލައިވްކުރިއެވެ. އަޅުގަނޑު ބަލަމުންދިޔައީ ޓީވީއެމް މެދުވެރިކޮށެވެ. ރައީސް
މައުމޫންގެ ވާހަކަ ކިތަންމެހާވެސް ޝައުގުވެރިއެވެ.
2006-10-18
ސިފައިންގެ ބެލުމުގެ ދަށަށް މިޤައުމު ގެނައުމަށް މިއީ ރަނގަޅު ދަނޑިވަޅެއް: ޢަދާލަތުޕާޓީ
2006 އޮކްޓޯބަރު 16 ވީ ދުވަހު
ޢަދާލަތު ޕާޓީގެ ނޫސްކޮންފަރެންސެއް އެޕާޓީގެ އޮފީހުގައި އޮތެވެ. މި ނޫސްކޮންފަރެންސްގައި
ޕާޓީގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގަތެވެ.
ނޫސްކޮންފަރެންސް ފައްޓަވައިދެއްވުމުގެ
ގޮތުން އަދާލަތުޕާޓީގެ ތަރުޖަމާނު އައްޝައިޚް މުޙައްމަދު ޝަހީމް އަލީ ސައީދު
ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އެޕާޓީން އަބަދުވެސް ދިވެހިރާއްޖޭގައި އޮންނަ
ވެރިކަމެއް ބަދަލުކުރަން މަސައްކަތްކުރާނީ ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތަކާ
އެއްގޮތަށް އިންތިޚާބުތަކުގައި ވާދަކޮށްގެން ކަމުގައެވެ. އަދި ރާއްޖޭގައި
އުފެދިފައި އޮންނަ އެއްވެސް ވެރިކަމެއް އިންޤިލާބުކޮށްލަން
އަދާލަތުޕާޓީން މަސައްކަތް ނުކުރާނެ ކަމަށާއި ސަބަބަކީ މިގޮތަށް މަސައްކަތް
ކޮށްފިނަމަ ދިވެހިދައުލަތުގެ އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަން ގެއްލި
މުޖްތަމައުގެ ފޭރާމާއި ފަތިތަކުގައި ބައިބައިވުމުގެ ސިފަތައް މޫލައި ޒަމާންތަކަކަށް
އެކަންތައް ދެމިގެންގޮސް މިގައުމު ވިއްސިވިހާލިވެގެން ހިނގައިދާނެ ކަމަށްޓަކައި ކަމުގައިވެސް
ވިދާޅުވިއެވެ.
Subscribe to:
Posts (Atom)

