ރާއްޖޭގައި ހިނގަމުންދާ ކަންކަމާ ގުޅޭގޮތުން
ބައިނަލްއަގްވާމީ މީޑިއާގެ ތެރެއިން އެންމެބޮޑު ސަމާލުކަމެއް ދެނީ އަލްޖަޒީރާ
(އިންގްލިޝް) އެވެ. އޭޝިއާ ސަރަހައްދަށް ޚާއްސަކޮށް މެލޭޝިޔާގައި ހުންނަ
އޮފީހުންނެވެ. މިފަހުން ހިނގާދިޔަ ހާދިސާތަކަށް އަލްޖަޒީރާގެ ކެމެރާ ފޯކަސްކުރި
ފަދައިން، މިހާރު ފޯރިއާއެކު ކުރިއަށްދާ ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ޚާއްސަ
ޕްރޮގްރާމެއް ހެދުމަށްޓަކައި މައުލޫމާތު ނެގިއެވެ.
2008-11-02
2008-10-29
ދެ ރައީސުން އެކުގައި މީޑިއާގެ ކުރިމައްޗަށް
ދެ ރައީސުން އެކުގައި މީޑިއާއަށް މައުލޫމާތު
ދެއްވުމަކީ އާ ކަމެއް ނޫނެވެ. ތަފާތު މުހިންމު ހާލަތްތަކާ ގުޅިގެން އެމަންޒަރު
ފެނެއެވެ. އެކަމަކު އެއީކީ ރާއްޖެއަކުން ނޫނެވެ. އަޅުގަނޑު ދުނިޔެއަށް އައި ފަހުން
މިފަދަ މަންޒަރެއް ރާއްޖެއިން މި ފެނުނީ ފުރަތަމަ ފަހަރަށެވެ. މި މަންޒަރު
ފެނުމާއެކު މިކަން މިއީ ވަރަށް ޚާއްސަ ކަމެއްގެ ގޮތުގައި ފާހަގަ ކުރެވިއްޖެއެވެ. ޚާއްސަވީ
ސަބަބަކީ، ބައްދަލުކުރެއްވައި މީޑިއާއަށް މައުލޫމާތު ދެއްވި ދެބޭފުޅުންނަކީ ރައީސް
މައުމޫނާއި މުޙައްމަދު ނަޝީދު (އަންނި) ކަމަށްވުމެވެ.
މައުމޫން ވެރިކަމުގެ ދިގު 30 އަހަރަށް ނަޒަރު
ހިންގާލާއިރު، އަންނިއާމެދު ވަނީ ބޭއިންސާފުން އެތައް ކަމެއް ހިންގާފައެވެ.
މައުމޫން ސަރުކާރާ ދެކޮޅަށް ޚިޔާލުފާޅުކުރެއްވީތީއެވެ. އެގޮތުގައި ދެމި
ހުންނެވީތީއެވެ. މާލޭ މެންބަރެއްގެ ގޮތުގައި މަޖިލީހަށް އިންތިޚާބްވެވަޑައިގެން
ސަރުކާރު ޒިންމާދާރުކުރެއްވުމަށް މަސައްކަތް ކުރެއްވީތީއެވެ. ސިޔާސީ ޕާޓީ ނިޒާމް
ރާއްޖޭގައި ގާއިމުކުރެއްވުމަށް ބާރު އެޅުއްވީތީއެވެ. އެއްވުންތަކާއި
މުޒާހަރާތަކުގައި ބައިވެރިވެވަޑައިގަތީތީއެވެ. މިކަންކަމާ ގުޅިގެން އެކި ފަހަރު
މަތިން ޖަލުގައި ހައްޔަރުކުރިއެވެ. ހައްޔަރުކުރި ކޮންމެ ފަހަރަކުމެ ނަފްސާނީ
ގޮތުން އަނިޔާ ދިނެވެ. ބައެއްފަހަރު ހައްޔަރުކުރުމުގައާއި ހައްޔަރުކޮށްފައި
ބެހެއްޓުމުގައި ޖިސްމާނީ އަނިޔާ ދިނެވެ. އޭގެ ތެރެއިން އެއްފަހަރަކު 18 މަސްދުވަސް
ވަންދެން ކުޑަގޮޅީގައި އެކަހެރި ބަންދުގައި ބެހެއްޓިއެވެ. ވައްކަމުގެ ބަދުނާމު އެޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ނިގުޅައިގަތެވެ. ހުކުމްކޮށް އަރުވާލިއެވެ. ސަރުކާރުގެ
ނިމުމެއްނެތް އަނިޔާވެރިކަމުގެ ސަބަބުން ރާއްޖޭގައި ހުންނެވެން ނެތުމުން
އިނގިރޭސިވިލާތަށް އަމިއްލައަށް އަރުވައިލެއްވުނެވެ.
2008-10-10
މިނިވަން ރިޔާސީ އިންތިޚާބް
ރާއްޖޭގައި
ޒަމާނުއްސުރެ ކަންހިނގަމުން އައިގޮތަށް ބަލާއިރު، 8 އޮކްޓޯބަރު 2008 ދުވަހު ބޭއްވި
ރިޔާސީ އިންތިޚާބަކީ އެންމެ މިނިވަން، އަދި އެންމެ ޑިމޮކްރެޓިކް ރިޔާސީ
އިންތިޚާބެވެ. އަދި އެ އިންތިޚާބަކީ 18 އަހަރުން މަތީގެ މީހުންނަށް ވޯޓްގައި
ބައިވެރިވެވޭގޮތަށް ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބެވެ. ފުރިހަމަ ޑިމޮކްރެޓިކް
ނިޒާމެއް ގާއިމްކުރުމަށް އެކުލަވާލި ގާނޫނުއަސާސީގެ ދަށުން ބޭއްވި ފުރަތަމަ ރިޔާސީ
އިންތިޚާބެވެ.
ގިނަ
ޕާޓީތަކަށް ބައިވެރިވެވޭގޮތަށް ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބްގައި، ދިވެހިރާއްޖޭގެ
ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް 6 ބޭފުޅަކު ވާދަކުރެއްވިއެވެ. އެއީ ޑީއާރުޕީގެ
ފަރާތުން މއ.ކިނބިގަސްދޮށުގެ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، އެމްޑީޕީގެ
ފަރާތުން ގ.ކެނެރީގެ މުޙައްމަދު ނަޝީދު (އަންނި)، ޖުމްހޫރީ
ޕާޓީގެ ފަރާތުން މ.މާފަންނުވިލާ ޤާސިމް އިބްރާހީމް، އެސްއެލްޕީގެ ފަރާތުން
މއ.ބޯގަންވިލާ އިބްރާހީމް އިސްމާޢީލް (އިބްރާ)، އައިޑީޕީގެ
ފަރާތުން ހ.ދޮންޖޭމުގެ ޢުމަރު ނަޞީރު އަދި އަމިއްލަގޮތުން ކުރިމަތިލެއްވި ސ.ފޭދޫ
ދިއްގާގަސްދޮށުގެ ޑރ.ޙަސަން ސައީދެވެ.
2008-10-03
އަޅުގަނޑުމެންނަށް މިތިބެވުނު ހާލަތާމެދު ވިސްނާލަމާތޯއެވެ
އާބާދީގައި 2000 އަށްވުރެ ގިނަ ރައްޔިތުން ދިރިއުޅޭ
އަޅުގަނޑުމެންގެ މިރަށާމެދު ވިސްނާލަމާތޯއެވެ. ރަށުގެ ތަރައްޤީއަށް އެޅިފައިވާ
ހުރަސްތަކެވެ. އިޖުތިމާޢީ މައްސަލަތަކެވެ. އިޤްތިޞާދީ ފުރުޞަތުގެ ހަނިކަމެވެ.
ދިރިއުޅުމުގެ ދަތިކަމެވެ. މިހުރިހާ ކަމަކާމެދު ވިސްނައި ފިކުރުކުރުމުން އިތުރުވަނީ
ހާސްކަމެވެ. މިއަދު މިވަނީ ހާސްކަން ފިލުވާލުމުގެ ފުރުޞަތު ލިބިފައެވެ.
އަޅުގަނޑުމެންގެ ޙާލަތު އަޅުގަނޑުމެން އަމިއްލައަށް ބަދަލުކުރުމުގެ ވަގުތު
ތަނަވަސް ވެފައެވެ. ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމުގެ ނިޔަތް ގަނެ،
އަޅުގަނޑުމެންގެ ހާލަތާމެދު ފުންކޮށް ވިސްނާލަމާތޯއެވެ.
2008-10-01
ޤައުމާމެދު ވިސްނަންވެއްޖެ
އަމާންކަން ގެއްލި، ނާމާންވެއްޖެއެވެ.
ހިމޭންކަމުގެ މައްޗަށް، ހަލަބޮލިކަން
ވެރިވެއްޖެއެވެ.
އުފާވެރިކަމުގެ ކުރިއަށް، ހާސްކަން ނުކުމެއްޖެއެވެ.
2008-09-21
ފެހި ކަރުދާސް ކޮންޓެންޓް ތައްޔާރުކުރުން، ކުރެވުނު ރަނގަޅު ތަޖުރިބާއެއް
މިނިސްޓްރީ
އޮފް ލީގަލް، ރިފޯމް އިންފޮމޭޝަން އެންޑް އާޓްގެ ފަރާތުން ޝާއިޢުކޮށް އާންމުކުރި
"ފެހި ކަރުދާސް" ކޮންޓެންޓް ތައްޔާރުކުރުމުގެ މަސައްކަތްކުރީ
އަޅުގަނޑެވެ. އެ މަސައްކަތް ބިނާވެފައިއޮތީ އަލަށް އެކުލަވާލަމުންދިޔަ ބިލްތައް
ތަންފީޒުކުރުމާއެކު، އަންނާނޭ ބަދަލުތައް އާންމުންނަށް އަންގައިދިނުމުގެ
މައްޗަށެވެ. އެބިލަކުން ރައްޔިތުންނަށް ކުރާނެ ފައިދާއާއި ކަން ހިނގަމުންދާ ގޮތަށް
އަންނާނޭ ތަފާތު އަންގައި ދިނުމުގެ މައްޗަށެވެ.
2008-08-12
ފެހި ގާނޫނުއަސާސީގެ ފަހިކަން ރައްޔިތުންނަށް ހޯދައިދެވޭނެބާ؟
މި އޯގަސްޓް މަހުގެ 7 ވަނަ ދުވަހަކީ
ތާރީޚީގޮތުން ފާހަގަކުރެވޭނެ ވަރަށް މުހިންމު ދުވަހެކެވެ. ދިވެހި
ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއަށް މުޅިން އަލަށް ގެނެވުނު ގިނަ ބަދަލުތަކަކާއެކު، ޤާނޫނުއަސާސީ
ތަސްދީގު ކުރެވުނު ދުވަހެވެ. އެއްބަޔަކުގެ ވާހަކައިން މިއީ އިސްލާހުކުރެވުނު ގާނޫނުއަސާސީ
އެވެ. އަނެއްބައެއްގެ ވާހަކައިން މިއީ އާ ގާނޫނުއަސާސީ އެވެ.
ޤާނޫނުއަސާސީ ތަސްދީގުކުރެއްވުމުގެ
ދަރުބާރުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އެ
ދަރުބާރަށް ވަޑައިގެން ތިއްބެވި ބޭފުޅުން ވަޑައިގެން އެތިއްބެވީ، ޒަމާނީ
ޑިމޮކްރަސީއެއް ގާއިމްކުރުމަށް ކުރެވޭ މަސައްކަތުގައި، ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ އާ ޤާނޫނު އަސާސީ ބަލައިގަތުމަށްޓަކާ ކަމުގައެވެ.
އިސްލާމްދީނުގެ މަތިވެރި އުސޫލުތަކުގެ މައްޗަށް، ދުނިޔޭގެ ޒަމާނީ ހަމަތަކުގެ ތެރެއިން،
ބައްޓަންކުރެވިފައިވާ، ދައުލަތް ހިންގުމުގެ މުޅިން އާ ނިޒާމެއް
އުފަންކުރުމަށްޓަކާ ކަމުގައެވެ. ދިވެހިރާއްޖެ، ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކުގެ
މުޅިން އާ ދައުރަކަށް ފަށާފެށުމަށް އިސްތިޤްބާލު ކުރުމަށްޓަކާ ކަމުގައެވެ.
2008-08-08
މާފުށީޖަލު އޭރުވެސް މިހާރުވެސް އިސްލާހުކުރަންޖެހިފައި
ދާދިފަހުން މާފުށީ ޖަލަށް ޒިޔާރަތް
ކުރުމުގެ ފުރުސަތު ބައެއް ނޫސް ތަކަށް ދީގެން އެނޫސްތަކުގެ ނޫސްވެރިން ޖަލަށް ޒިޔާރަތް
ކޮށްފިއެވެ. އެދުވަހު އަޅުގަނޑުގެ ރަހުމަތްތެރިއަކާ ދިމާވެގެން އޭނާ އަޅުގަނޑަށް
އެހީ ''ކޮބާ ޖަލަށް ދާކަށް ޗާންސެއް ނުލިބޭތަ؟'' އެވެ. ރަހުމަތްތެރިޔާގެ ސުވާލުގެ
ޖަވާބު
އަޅުގަނޑު ދިނީ ''އަހަރުމެން ޖަލަށް ގެންދާނީ ހައްޔަރު ކޮށްގެންނޭ'' ބުނެއެވެ.
ނޫސްވެރިކަމުގައި މިހާތަނަށް
އަޅުގަނޑަށް ލިބުނު އެންމެބޮޑު ތަޖުރިބާއަކީ ލިޔުނު ލިޔުމަކާ ގުޅިގެން ފުލުސް
އޮފީހުގެ ކުޑަގޮޅީގައާއި މާފުށީ ޖަލުގައި ހައްޔަރުގައި ހުންނަން ޖެހުމެވެ.
އެތާނގައި ކުށްވެރިން ދުވަސްތައް ހޭދަކުރަމުންދާ ހިތްދަތި ގޮތުގެ ތަޖުރިބާ
ކުރަން ޖެހުމެވެ.
2008-07-11
ރައީސް މައުމޫންގެ ކެބިނެޓުން ޑޮކްޓަރުން ހުސްވުން
ފުރަތަމަ ޕީއެޗްޑީ ހައްދަވައިގެން
ޑޮކްޓަރ ކަމުގެ ލަގަބާއެކު، ރާއްޖެ ވަޑައިގެންނެވި ބޭފުޅާއަށް ރައީސް
މައުމޫންގެ ކެބިނެޓުން ޖާގަ ލިބިވަޑައި ނުގަތްނަމަވެސް، އޭގެ ފަހުން ވަޑައިގެންނެވި ބައެއް
ބޭފުޅުންނަށް ވަނީ ޖާގަ ލިބިވަޑައިގެންފައެވެ. ތިރީސް އަހަރު މައުމޫން ވެރިކަން ކުރައްވާއިރު
ކެބިނެޓާ ގުޅިވަޑައިގަންނަވާ ޕީއެޗްޑީ ހޯލްޑަރުންނަށް މަގާމުގައި މާގިނަދުވަހު ދެމިތިއްބެވޭ
ގޮތެއް ނުވެއެވެ.
2008-06-27
ސަރުކާރާއި ވެރިންގެ މުސާރަތައް ބޮޑުވާއިރު، ޕްރައިވެޓް ސެކްޓަރގެ މުސާރަތައް އެއްވަރެއްގައި ހިފެހެއްޓިފައި
މިހާރު އިވޭ އެންމެ އާންމުއަޑަކީ
ތަކެތީގެ އަގުއުފުލޭ އަޑެވެ. ޚިދުމަތުގެ އަގު އުފުލޭ އަޑާއި ކާބޯތަކެތީގެ އަގު އުފުލޭ
އަޑެވެ. އާންމު ދިރިއުޅުމަށްޓަކައި، އާންމުން ކުރަންޖެހިފައިވާ ހޭދަ މިއަދު
މިވަނީ ބޮޑު ވެފައެވެ. ނުތަނަވަސްކަން މިވަނީ އިތުރުވެފައެވެ. މިހެންކަމާއެކު، އެންމެންގެވެސް
ކަންބޮޑުވުމަކަށް ވެފައިވަނީ ލިބޭ ފައިސާ އިތުރުކުރާނެގޮތަކާ މެދުއެވެ.
ޚިދުމަތް ދެއްވާފަރާތްތަކުން
ޚިދުމަތުގެ އަގުބޮޑުކުރެއެވެ. ވިޔަފާރި ކުރައްވާ ފަރާތްތަކުން އެމީހުން
ވިއްކާތަކެތީގެ އަގުބޮޑުކުރެއެވެ. މުސާރަ ބޮޑުކުރެވޭ ހިސާބުގައި ތިއްބެވި
ބޭފުޅުން، އެބޭފުޅުންގެ މުސާރަ އަމިއްލަފުޅަށް ބޮޑުކުރައްވައެވެ.
ގޮތެއް ނެތީ މެދު ފަންތިއާއި ދަށު ފަންތީގެ ވަޒީފާތަކުގައި އުޅޭ މުވައްޒަފުންނަށެވެ.
ސަރުކާރު މުވައްޒަފުންނަށްވުރެވެސް ބޮޑަށް ޕްރައިވެޓް ސެކްޓަރގައި ވަޒީފާ
އަދާކުރާ ފަރާތްތަކަށެވެ.
2008-06-20
ޑިމޮކްރަސީއަކީ މިއީ ނޫންތޯ
އެމެރިކާގެ ރިޔާސީ އިންތިޚާބުގައި
ވާދަކުރެއްވުމަށްޓަކައި ޑިމޮކްރެޓިކް ޕާޓީގެ ދެކެންޑިޑޭޓުން ކުރެއްވި މަސައްކަތް ނިމުމަކަށް
އައިއްސިއެވެ. ހުރިހާ ސްޓޭޓެއްގައި ޕާޓީގެ ރިއާސީ ޕްރައިމަރީ ބާއްވައިފިއެވެ. ޕާޓީގެ ރިއާސީ
ޓިކެޓް ކާމިޔާބު ކުރުމަށް އެންމެ މަދުވެގެން ބޭނުންވާ 2118 ޑެލިގޭޓުން ބަރަކް އޮބާމާ
ހޯއްދަވައިފިއެވެ. ޑިމޮކްރޭޓުންގެ ރިޔާސީ ކެނޑިޑޭޓަކީ ޚުދު އޭނާ ކަމުގައި
އޮބާމާ އިއުލާން ކުރައްވައިފިއެވެ. ހިލަރީ ކްލިންޓަން ބަލި ގަބޫލުކުރައްވައިފިއެވެ. އޮބާމާއަށް
ވެރިކަން ހޯދައިދިނުމަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށް ހިލަރީ
އިއުލާންކުރައްވައިފިއެވެ. ޑިމޮކްރެސީ އަކީ މިއީ ނޫންތޯއެވެ؟
2008-06-15
މިފަހަރަކީ އަހަރެމެންގެ ފަހަރުކަން ޔަގީންކޮށްދީފި
ސްރީލަންކާގެ ކޮލަންބޯގައާއި
ދިވެހިރާއްޖޭގެ މާލޭގައި ސާފް ޗެމްޕިއަންޝިޕް 2008 ފުޓްބޯޅަ މުބާރާތް ބޭއްވުމުގެ
ތައްޔާރީތައް ވަމުންދިޔައިރުވެސް ދިވެހިން ބުނަމުންދިޔައީ ''މިފަހަރަކީ އަހަރުމެންގެ
ފަހަރު'' ކަމުގައެވެ. މުބާރާތް ފެށެން މަދު ދުވަސްކޮޅަކަށް ވެފައިވަނިކޮށް، ގައުމީ ޓީމްގެ
ބައެއް ކުޅުންތެރިންނާއި މެނޭޖްމަންޓާމެދު ހިތްހަމަނުޖެހުންތަކެއް އުޅޭ ވާހަކަ
މީޑިއާގައި އާންމުވިއެވެ. މިއަޑުތަކުން ފުޓްބޯޅައަށް ތާއީދުކުރާ އެތައްބަޔަކު
މާޔޫސްވިއެވެ. މިފަހަރަކީ އަހަރުމެންގެ ފަހަރަށް ނުވެދާނެތީ އެތައްބަޔަކު ކަންބޮޑު
ވިއެވެ.
ޖޫން 3 ގައި މުބާރާތް މާލޭގައި
ފެށިގެން، ކުޅުނު ދެވަނަ މެޗްގައި ދިވެހި ގައުމީޓީމް ޕާކިސްތާނާ ބައްދަލުކޮށް
މޮޅުކުޅުމެއް ދެއްކިއެވެ. 0-3 ކުން ކާމިޔާބު ހޯދިއެވެ. ގަލޮޅު ދަނޑުގެ
ހަތަރު ބިތުގައި ފޯރިނަގަމުންދިޔަ ދިވެހި ސަޕޯޓަރުންނަށް އުފަލާއި ފޯރި ގެނެސްދިނެވެ.
ތަފާތު ތަންތަނުގައި ތިބެގެން ތަފާތު ގޮތްގޮތުން މެޗްގެ ސްކޯރ އެނގުނު ކޮންމެ
ދިވެއްސަކަށްވެސް ހިތްހަމަޖެހުން ގެނެސްދިނެވެ.
2008-03-07
ކުރައްވާ މަސައްކަތެއް، އެމަސައްކަތުގެ ނަތީޖާއެއް ފެންނާކަށް ނެތެވެ.
ސަރުކާރުގެ ސިޔާސަތާ ގުޅޭގޮތުން
ރައީސުލްޖުމްހޫރިއްޔާ ދެއްވާ ރިޔާސީ ބަޔާނަކީ ވަރަށް މުހިންމު ބަޔާނެއްގެ ގޮތުގައި
ފާހަގަކުރެވުނު ނަމަވެސް، ތަފާތު އަހަރުތަކު މަތިން އެދެއްވާ ބަޔާންތަކުގައި
އާންމުގޮތެއްގައި ހުންނަނީ އެއް ވާހަކަތަކެކެވެ. ހަރުދަނާ ކުރާ ވާހަކައާއި ފިޔަވަޅު
އަޅާނެ ވާހަކައާއި މަސައްކަތް ކުރާ ވާހަކައެވެ. ވާހަކަ ކިތަންމެ އޮމާންވެފައި
ފުރިހަމަޔަސް ކުރެވޭ ހަރުދަނާއެއްވެސް އެޅޭ ފިޔަވަޅެއްވެސް، ކުރެވޭ
މަސައްކަތެއްވެސް ފެންނާކަށް ނެތެވެ. ފެންނަން އޮތީ ދެކެވުނު ވާހަކައެވެ.
ހެއްދެވި އިތުރުފުޅުތަކެވެ.
ފާއިތުވި ފެބްރުއަރީ މަހުގެ 28 ވަނަ
ދުވަހު، އިއްވެވި ރިޔާސީ ބަޔާނުގައިވެސް ވަނީ ކުރީގެ އަހަރުތަކުގައި އިއްވެވި
ރިޔާސީ ބަޔާންތަކުގައިވެސްވާ ވާހަކަތަކެވެ. އެވާހަކަތައް ތަކުރާރު ކުރެއްވިއިރު،
އެކަންތައްތައް ދުވަހެއް ދުވަހަކަށް އަންނަނީ ގޯސްވަމުންނެވެ. އެހެންވުމާއެކު،
ކަނޑައެޅި އެނގެންއޮތް ހަގީގަތަކީ ރިޔާސީ ބަޔާނުގައި އިއްވަވާ ވާހަކަތަކުން އެދެވޭ
ނަތީޖާއެއް ނުނުކުންނަ ކަމެވެ. ރައްޔިތުން އެކަމުން މަންފާއެއް ނުކުރާ ކަމެވެ.
2008-01-04
އެމްޑީޕީ އާއި ކޮންޒަވޭޓިވް ޕާޓީގެ ގުޅުމާމެދު ދިވެހި ސަރުކާރު މޭކެރުން
ކޮމިޝަނަރ އޮފް ޕޮލިސްގެ ފަރާތުން
ކޮމިޝަނަރ އޮފް އިލެކްޝަންއަށް މީގެ އަހަރެއްހާ ދުވަސް ކުރިން ފޮނުވާފައިވާ
ސިޓީއެއް ވަނީ ދާދިފަހަކުން ލީކު ވެފައެވެ. މި ސިޓީގައި ޕޮލިސް ކޮމިޝަނަރ
އާދަމް ޒާހިރު، ސަމާލުކަމަށް ގެންނަވާފައިވަނީ އެމްޑީޕީ އާއި އިނގިރޭސިވިލާތުގެ ކޮންޒަވޭޓިވް
ޕާޓީއާ ގުޅިގެން ރަސްމީ ގޮތުން މަސައްކަތްތަކެއް ފެށި ވާހަކައެވެ. މިވާހަކަ ތަކުގެ
އަސްލަކަށް ބައްލަވާފައިވަނީ އެމްޑީޕީގެ ފަރާތުން ނެރެފައިވާ ނޫސް ބަޔާނެކެވެ. އެމްޑީޕީން
މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ނެރުނު ނޫސްބަޔާނަކާ ގުޅިގެން، މިދިޔަ އަހަރުގެ
ފެބްރުއަރީ 18 ގައި އާދަމް ޒާހިރު ސޮއިކުރައްވައި ފޮނުއްވި މި ސިޓީގައި
ވިދާޅުވެފައި ވަނީ "އެމްޑީޕީން ހިންގުމަށް ރާވަމުންދާ އަމަލަކީ ބޭރު
ބައެއްގެ އަތްމައްޗަށް މި ލޮބުވެތި އަމާން ދިވެހިރާއްޖޭގެ މުސްތަގިއްލުކަން ހިނގައިދާނެފަދަ
އަމަލެއް ކަމަށް މި ސާވިސް އިން ދެކެމެވެ." މިފަދައިންނެވެ.
2007-12-28
ދެޕާޓީ އެއްމޭޒު ދޮށުގައި: މަންޒަރު ރީތި ނަމަވެސް ނަތީޖާ ސުމެއް
ސިޔާސީ ޕާޓީ ހިންގަން ފުރުސަތު
ލިބުމާއެކު ފުރަތަމަ ރަޖިސްޓްރީ ކުރި ދެ ޕާޓީ، އެމްޑީޕީއާއި ޑީއާރުޕީގެ މެދުގައި
ބޮޑު ވާދަވެރިކަމެއް އުފެދުނެވެ. ސަރުކާރުގެ ހިންގެވުމުގައި އިސްކޮށްތިއްބެވި
ބޭފުޅުން ނިސްބަތްވާ ޕާޓީ އަކީ ސަރުކާރު ހިންގާ ޕާޓީއަށް ވިއެވެ. ސަރުކާރުގެ
ސިޔާސަތުތަކަށް ފާޑުކިޔައި ސަރުކާރާ ދެކޮޅަށް ހަރަކާތްތައް ހިންގާ އެމްޑީޕީ އަކީ
އިދިކޮޅު ޕާޓީގެ ގޮތުގައި ނިސްބަތްކުރެވުނެވެ. ދެޕާޓީގެ ދެމެދުގައި ދެވެމުންދިޔަ
ބަހުގެ ހަމަލާތަކާއި ކުރެވެމުންދިޔަ ކަންތައްތަކުގެ ހިޔަނި ގާނޫނުއަސާސީ
އިސްލާހުކުރުމުގެ މަސައްކަތަށް އޮތީ އެޅިފައެވެ.
ޤާނޫނުއަސާސީގެ މަސައްކަތް
ލަސްކުރަނީ ޑީއާރުޕީން ކަމަށް އިދިކޮޅުފަރާތްތަކުން ބުނަމުންދިޔައެވެ. ސަބަބަކީ،
ރައްޔިތުންގެ މަޖިލީހާއި ޚާއްސަ މަޖިލީހުގެ އަގުލަބިއްޔަތު ޑީއާރުޕީއަށް އޮތުމެވެ.
އެހެނަސް ސާރުކާރާއި ޑީއާރުޕީން ބުނަމުންދިޔައީ ގާނޫނުއަސާސީ އިސްލާހުކުރުމުގެ
މަސައްކަތަށް ހުރަސްއަޅައި އެމަސައްކަތް ލަސްކުރަމުންދަނީ އިދިކޮޅު ފަރާތްތަކުން
ކަމަށެވެ. ޚާއްސަކޮށް އެމްޑީޕީން ކަމަށެވެ.
Subscribe to:
Posts (Atom)

